Roadha Mihaaru
"އެންމެ ސަޅި ރޯދަ ސޭލް"ގެ ނަސީބުވެރިޔާ ހޮވައިފި

"އެންމެ ސަޅި ރޯދަ ސޭލް"ގެ ނަސީބުވެރިޔާ ހޮވައިފި

05 އޯގަސްޓް 2016

މިދިޔަ ރޯދަ މަހު އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގައި ކުރިއަށް ގެންދިޔަ "އެންމެ ސަޅި ރޯދަ ޕްރޮމޯޝަން"ގެ ނަސީބުވެރިޔާ ހޮވައި އިނާމު ހަވާލު ކޮށްފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މިދިޔަ ރޯދަ މަހު އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގައި ކުރިއަށް ގެންދިޔަ "އެންމެ ސަޅި ރޯދަ ޕްރޮމޯޝަން"ގެ ނަސީބުވެރިޔާ ހޮވައި އިނާމު ހަވާލު ކޮށްފި އެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނު ވަލީދާ މުހައްމަދަށް ލިބުނީ 300،000ރ. ގެ ފައިސާގެ އިނާމެވެ.

މި ޕްރޮމޯޝަނުގައި އެ ފިިހާރަތަކުން ވިއްކާ ބައެއް މުދަލުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީފައިވެ އެވެ.

އަދި އޭގެ އިތުރުން އޭސް ހާޑްވެއާ އިން ކުލަ ދަޅު ގަނެގެން އިތުރު ކުލަ ދަޅެއް ހިލޭ ދީފައިވާ އިރު ކަލާ ބޭންކުން ގަންނަ ކޮންމެ ކުލަ ދަޅަކަށް ކުލަ ލާ ރޯލާއި ފިހި ހިލޭ ދީފައި ވެ އެވެ.

އޭސް ހާޑްވެއާ އާއި ކަލާ ބޭންކު ހިންގަނީ ކޯލޯޑް މޯލްޑިވްސް ކުންފުނިންނެވެ.