Roadha Mihaaru
އޭސް ހާޑްވެއާގެ ބޮޑު ޕްރޮމޯޝަން ނިމެނީ، އަވަސް ކުރޭ

އޭސް ހާޑްވެއާ އިން 300،000ރ. ހޯދުމުގެ ފަހު ފުރުސަތު

14 ޖޫން 2018

މާދަމާ އަކީ އޭސް ހާޑްވެއާ އަދި ކަލަ ބޭންކުން ރޯދަ މަހަށް ހާއްސަކޮށްގެން ފެށި ބޮޑު ޕްރޮމޯޝަން "ރޯދަ ބަދަލު"ގެ ފަހު ދުވަހެވެ.

މާދަމާ އަކީ އޭސް ހާޑްވެއާ އަދި ކަލަ ބޭންކުން ރޯދަ މަހަށް ހާއްސަކޮށްގެން ފެށި ބޮޑު ޕްރޮމޯޝަން "ރޯދަ ބަދަލު"ގެ ފަހު ދުވަހެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި އޭސް ހާޑްވެއާ އަދި ކަލަ ބޭންކުން ވިޔަަފާރިކުރާ މީހުންނަށް 80-90 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

ޕްރޮމޯޝަނުގެ ބޮޑު އިނާމު ކަމަށްވާ 300،000ރ. ލިބޭނީ، ޕްރޮމޯޝަން ނިމުމުގެ ކުރިން އޭސް ހާޑްވެއާ ނުވަތަ ކަލާ ބޭންކުން 300ރ. އަށް ވުރެ މަތިން ވިޔަފާރިކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށެވެ.

"ކޮންމެ 300ރ. އަކަށް ކޫޕަނެއް ލިބޭއިރު، އިތުރަށް ވިޔަފާރި ކޮށްގެން ކޫޕަން އިތުރުކޮށް، ނަސީބުވެރިއަކަށް ހޮވުމުގެ ފުރުސަތު ވެސް އިތުރު ކުރުމުގެ ފުރުސަތު އަދި ވެސް ވަނީ ހުޅުވިފައި،" އޭސް ހާޑްވެއާ އިން ބުނެ އެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކަކީ ކޯ-ލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ ދެ ފިހާރަ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކަކީ ކޯ-ލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ ދެ ފިހާރަ.

ފާއިތުވި އަހަރުތަކުގައި ވެސް ރޯދަ މަހާ ދިމާކޮށް އޭސް ހާޑްވެއާ އާއި ކަލަ ބޭންކު ގުޅިގެން ވަނީ ބޮޑެތި އިނާމުތަކާއި ޑިސްކައުންޓްތައް ލިބޭ ކާމިޔާބު ޕްރޮމޯޝަންތަކެއް ހިންގައިފަ އެވެ. އެ ކުންފުނިން ބުނީ އަގުހުރި އިނާމްތައް ލިބޭނެ ޕްރޮމޯޝަން ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް އަދި އެ ފިހާރަތަކަށް ލިބޭ ތަރުހީބު ބަލައިގަތުން ކަމަށެވެ.

އޭސް ހާޑްވެއާ "މޭކްއޯވާ ފޮޓޯ ކޮންޓެސްޓް"

ރޯދަ މަހާ ދިމާކޮށް އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުން "މޭކް އޯވާ ވިތު އޭސް 2018"ގެ ނަމުގައި ފޮޓޯ މުބާރާތެއް ފަށައިފަ އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިވެވޭނީ، ފޭސްބުކް މެދުވެރިކޮށެވެ. މުބާރާތުގައި ބައިވެރިވާން ކުރަންޖެހޭ ކަމަކީ، ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ އެއްޗެއް އޭސް ހާޑްވެއާގެ ފިހާރައަކުން ގަތުމަށް ފަހު އެ އެއްޗެއް ބޭނުންކޮށްގެން ގޭތެރެ ޒީނަތްތެރި ކުރުމަށް ފަހު، އާއި އޭގެ ކުރިން އެތަނެއް ހުރި ގޮތުގެ ފޮޓޯ ފޭސްބުކަށް ލައިގެންނެވެ.

އޭސް ހާޑްވެއާ އަދި ކަލާ ބޭންކުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ވިއްކާ.

އޭސް ހާޑްވެއާ އަދި ކަލާ ބޭންކުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ވިއްކާ.

ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑްތައް ވިއްކަމުން އަންނަ ފިހާރަ އިން ބުނީ، މުބާރާތުގައި ބައިވެރިވާން ފޭސްބުކަށް ފޮޓޯ ލާއިރު MakeoverWithACE2018 ހޭޝްޓެގް ޖަހަން ޖެހޭނެ ކަމަށެވެ.

އޭސް ހާޑްވެއާ އިން ބުނީ އެންމެ ގިނަ ލައިކްސް ލިބިގެން މުބާރާތުން މޮޅުވާ މީހާ އަށް، އިނާމެއްގެ ގޮތުން ލިބޭނީ 3،000ރ.ގެ ގްރިލް މާކް ބްރޭންޑްގެ، ކެޓަލް ބާބެކިއު ގްރިލެއް ކަމަށެވެ.

އޭސް ހާޑްވެއާ އާއި ކަލާ ބޭންކަކީ ކޯ-ލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ ދެ ފިހާރަ އެވެ. އަދި އޭސް ހާޑްވެއާ އަކީ، އޭސް އިންޓަނޭޝަނަލްގެ ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާކް ރީޖަންގައި ހުޅުވި ފުރަތަމަ އެ ބްރޭންޑްގެ ފިހާރަ އެވެ.