01 ޖޫން 2019
އިސްލާމީ އުންމަތުގެ ލާބަޔަށް ކުރެވެން އޮތް ކޮންމެ ކަމެއް ރާއްޖެ އިން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އިސްލާމީ އުންމަތުގެ ލާބަޔަށް ކުރެވެން އޮތް ކޮންމެ ކަމެއް ރާއްޖެ އިން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ރައީސް ބައިވެރިވެ ވަޑައިގަތުމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރެއްގައި ބުނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް މި ސަމިޓުގައި ރައީސް ހުށަހެޅުއްވި ކަމަށެވެ.
"މިގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެ އިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެ އިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރެއްވި" ކަމަށް ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖޭގެ ތާއީދު އޮތް މިންވަރު ވެސް ރައީސް ފާހަގަކުރެއްވި ކަމަށް އެ ޚަބަރުގައިވެ އެވެ.
މައްކާގައި އިއްޔެ ފެށި މި ސަމިޓުގެ މަގްސަދަކީ މުޅި މުސްލިމު އުންމަތުގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާއި ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.
އޯއައިސީގެ ވެރިކަން ސަމިޓު ބާއްވަނީ ކޮންމެ ތިން އަހަރަކުން އެއްފަހަރު އެވެ. މި ސަމިޓުން މުސްލިމު މެޖޯރިޓީ ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގެން އެންމެ މުހިންމު މައްސަލަތަކާއި އުންމަތުގެ އެކި ކަންކަމުގައި އެ ގައުމެއްގެ ވިސްނުން ހުރިގޮތް ހިއްސާކުރައްވަ އެވެ. އަދި އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ގައުމުތަކުގެ އިސް ވެރިންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް މި ސަމިޓުގައި ދެ އެވެ.
މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މުސްލިމުންނާ މެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލަ އާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެ އެވެ.
ސައުދީން ރައީސަށް ހޫނު މަރުހަބާއެއް
އޯއައިސީ ސަމިޓަށް ރައީސް ފުރާވަޑައިގެންފި
އޯއައިސީ ސަމިޓަށް ރައީސް މާދަމާ ފުރާވަޑައިގަންނަވަނީ
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
ޤުރްއާން އެންދުން ހުއްޓުވުމަށް ސައޫދީން ގޮވާލައިފި
ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ރައީސް މަޝްވަރާކުރައްވައިފި
ތާލިބާނުންގެ ނިންމުން ބަދަލުކުރުމަށް ސައޫދީން ގޮވާލައިފި
އިސްލާމީ ގައުމުތަކުގެ ނުރުހުން އިންޑިއާ އަށް
ރާބިތާގެ ސެކްރެޓަރީ ޖެނެރަލަށް ނިޝާން ކަލާފާނުގެ ޝަރަފު
ކިންގް ސަލްމާން މިސްކިތް ހުޅުވަން ސައުދީން ދެ މިލިއަން