މުސްލިމުންނާ މެދު ނަފްރަތު އުފައްދައި މުސްލިމުން ރުޅިއެރުވުމުގެ ގޮތުން، ކީރިތި ޤުރްއާން އެންދުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހިންގަމުންދާ ހަރަކާތްތައް ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓުވައިދިނުމަށް ސައޫދީ އަރަބިއްޔާ އިން ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައިފި އެވެ.
މުސްލިމުންނާ މެދު ނަފްރަތު އުފައްދައި މުސްލިމުން ރުޅިއެރުވުމުގެ ގޮތުން، ކީރިތި ޤުރްއާން އެންދުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހިންގަމުންދާ ހަރަކާތްތައް ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓުވައިދިނުމަށް ސައޫދީ އަރަބިއްޔާ އިން ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ސައޫދީ އަރަބިއްޔާގެ ދާއިމީ މަންދޫބު ޑރ. ސާލިހް އައްސުހައިބާނީ ވިދާޅުވީ ކީރިތި ގުރްއާން އެންދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ސައޫދީން ގޮވައިލީ، ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި، މިދިޔަ ބުދަ (އަޟްޙާ އީދު) ދުވަހު، މީހަކު ކީރިތި ގުރްއާން އަންދައި މުސްލިމުން ރުޅިއެރުވުމާ ގުޅިގެންނެވެ.
ސްޓޮކްހޯމްގެ މިސްކިތުގެ ކުރިމަތީގައި ކީރިތި ގުރްއާން އެންދީ، އިރާގުން ހިޖުރަކޮށް ސްވިޑްންގެ ރައްޔިތުކަން ހޯދައިގެން އުޅޭ، އުމުރުން 37 އަހަރުގެ ސަލްވާން މޫމިކާ ކިޔާ ފިރިހެނެކެވެ. ކަލަކު ވޮޑިގެންވާ ކަމަށް އިންކާރުކުރާ ސަލްވާން އެކަން ކުރީ، ސްވިޑްން ސަރުކާރަށް ލިޔެގެން ހުއްދަ ނުލިބުމުން، ކޯޓަށް ހުށަހަޅައިގެން ކޯޓުން ދިން ހުއްދައެއްގެ ދަށުންނެވެ. ކޯޓުން އެކަމަށް ހުއްދަ ދިނުމާ ގުޅިގެން، ފުލުހުން ވަނީ، އޭނާ ގުރުއާން އެންދި އިރު އޭނާ އަށް ހިމާޔަތް ދީފަ އެވެ.
ސްވިޑްންގައި ގުރުއާން އެންދި މައްސަލައާ ގުޅިގެން އިރާގުގައި މުޒާހަރާ ކުރަނީ: ގުރުއާން އެންދުމާ ދެކޮޅަށް މުސްލިމުން ތެދުވާން ޖެހޭ ކަމަށް ސައުދީން ބުނޭ -- ފޮޓޯ: އޭއެފްޕީ
ބަރަކާތްތެރި އަޟްޙާ އީދު ދުވަހު، ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތް ކުރިމަތީގައި ކީރިތި ގުރްއާން އެންދުމުގެ އެއް ދުވަސް ކުރިން، އޭނާ ވަނީ، އެކަން ކުރާނެކަން ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭނާ އާންމު ކުރި ވީޑިއޯ މެސެޖްގައި ބުނެފައިވާ ގޮތުން، އޭނާ ގުރްއާން އަންދަން ބޭނުންވަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ މުހިންމުކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.
"މިއީ ޑިމޮކްރެސީ. މިކަން އަހަރެމެންނަށް ނުކުރެވޭނެ ކަމަށް އެމީހުން (ސްވިޑްން ސަރުކާރުން) ބުނެފިއްޔާ، ޑިމޮކްރެސީ އެ އޮތީ ނުރައްކަލަށް ހުށަހެޅިފައި. އަހަރެން ގުރުއާނާ ދެކޮޅު ހަދަން ބޭނުންވަނީ ސްޓޮކްހޯމްގެ ބޮޑު މިސްކިތް ކުރިމަތީގައި. އަހަރެންގެ ބޭނުމަކީ ގުރުއާނާ މެދު އަހަރެން ދެކޭ ގޮތް ހާމަކުރުން. އަހަރެން ގުރުއާން ވީދައި އަންދާނަން،" ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި އޭނާ ބުނެފައިވެ އެވެ.
ޑރ. ސުހައިބާނީ ވިދާޅުވި ގޮތުގައި ކީރިތި ގުރްއާން އަންދައި އެ ފޮތަށް އިހާނެތިކޮށް ހިތުމަކީ، ކޮންމެ ހުއްޖަތެއް އަދި ކިތަންމެ ބަހަނާއެއް ދެއްކިޔަސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ނަފްރަތު އުފެއްދުމާއި، އެކަހެރިކުރުމާއި ތަފާތުކުރުން އުފެއްދުމަށް ބާރުއަޅާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މުސްލިމުންގެ މުގައްދަސް ފޮތާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތަކަކީ، އިލާހީ ވަހީއާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށާއި، މީސްތަކުންގެ މެދުގައި ހަމަޖެހުމާއި ސުލްހަޔާއި އެކުވެރިކަމާއި ގާތްކަން އުފެއްދުމަށް ބާރުއަޅާ ބައިނަލްއަގުވާމީ ޗާޓަރުތަކާ ވެސް ޚިލާފު ކަންތައް ކަމަށް ޑރ. ސުހައިބާނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކީރިތި ގުރުއާން އެންދުމުގެ އަމަލުތައް ހިންގަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ނުބައި މަފްހޫމެއްގައި މާނަކޮށްގެންނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ގުރްއާން އެންދުމަކީ، މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރް)ގެ 19، 20 ވަނަ މާއްދާގެ ރޫހާވެސް ޚިލާފު އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކް ސަރުކާރަށް
ގުރްއާން އަންދާއިރު އދ. ހަނު އޮންނަނީ ކީއްވެ؟
ޤުރްއާން އެންދުމުން ތުރުކީ-ސްވިޑްން ގުޅުން ގޯސްވެއްޖެ
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
ފަނޑިޔާރު މަހާޒް ގުރުއާން ތަފްސީރު ފޮތެއް ލިޔުއްވައިފި
ދެ ހަރަމްފުޅުގެ ކަންކަމަށް އާ އިދާރާއެއް އުފައްދައިފި
ގުރުއާން އެންދި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް