އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 15 ވަނަ ދުވަހު އޮންނާނެ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
02 ޖޫން 2019
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 15 ވަނަ ދުވަހު އޮންނާނެ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
ޖެން ހޮޓެލްގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާން ޖެހެ އެވެ.
އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ފައިދާ ނުބަހަން ނިންމައިފަ އެވެ. އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 34 މިލިއަން ރުފިޔާ ނުބަހަން ނިންމީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގަ އެވެ. ހިއްސާދާރުންނަށް ފައިދާ ނުބަހަން ނިންމީ އެ ކުންފުނީގެ ފައިދާ ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ.
އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ 2017 ވަނަ އަހަރަށް ވުރެ 111 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އެ ނިންމުން އަހަރީ އާންމު ޖަލްސާގައި އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޓީސީސީން ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ ނުބަހަން ނިންމި އިރު 2017 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ އިން ހިއްސާ އަކަށް 2.60ރ. ގެ މަގުން ބަހާފައިވެ އެވެ. އެ އަހަރު ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހިއްސާދާރުންނަށް އެ ފަހަރު ބެހީ 20.6 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީގެ 64.2 ޕަސެންޓް ހިއްސާ އަކީ ސަރުކާރެވެ. އާންމު ހިއްސާދާރުންގެ ޕަސެންޓަކީ 31.15 އެވެ.
އެމްޓީސީސީގެ ފައިދާ މިދިޔަ އަހަރު 55 ޕަސެންޓް އިތުރު
އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ
"ހަވާލުވިއިރު އެމްޓީސީސީ އޮތީ 954 މިލިއަނުން ދަރާ"
އެމްޓީސީސީގެ ހިއްސާއަކަށް 4ރ. ބަހަން ފާހެއް ނުވި
އެމްޓީސީސީގެ އޭޖީއެމް އަންނަ ބުރާސްފަތީގައި ބާއްވަނީ
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ގައި
ރެކޯޑް އަހަރަކަށްފަހު އެމްޓީސީސީގެ ފެށުން ވެސް ރަނގަޅު
ހައުސިންގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީން ވިސްނަނީ
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 20 ގައި
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި