Roadha Mihaaru
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 20 ގައި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މި މަހު 20 ގައި

08 ޖޫން 2021

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާ ޖެހިގެން އަންނަ އަހަރުގެ މެއި މަސް ނިމުމުގެ ކުރިން ބާއްވަން ޖެހޭނެ އެވެ. ނަމަވެސް މެއި މަސް ނިމުމުގެ ކުރިން އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ނުބޭއްވުނީ އެ މަހު ހާއްސަގޮތުން ކުރާ އާއްމު ޖަލްސާ ބާއްވަން ޖެހުމުންނެވެ.

މި މަހު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ ސީއެމްޑީއޭގެ "ފަހި ވޯޓު" މެދުވެރިކޮށެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 19ގެ ކުރިން އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅައިފަ އެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރެޖިސްޓްރީވާން ޖެހޭނެ އެވެ. ރަޖިސްޓްރީވާން ޖެހޭނީ އިންފިނިޓީ ޕޯޓަލް ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ކަމަށް އެމްޓީސީސީން ބުންޏެވެ.