Roadha Mihaaru
"އިސްލާމީ ދެ މުއައްސަސާއަށް ވެރިން ނުލާތީ ކަންބޮޑުވޭ"

އައިޔޫއެމް އާއި ގުރުއާނާ ބެހޭ މަރުކަޒަށް ވެރިން އައްޔަން ނުކޮށްގެން ޝަހީމް ކަންބޮޑުވުން ފާޅުކުރައްވައިފި

02 ޖޫން 2019

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް މި ސަރުކާރުގައި ވެރިން ނުލައި ލަސްވުމުގެ ސަބަބުން ދެ މުއައްސަސާ އޮޔާ ދަނީ ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް މި ސަރުކާރުގައި ވެރިން ނުލައި ލަސްވުމުގެ ސަބަބުން ދެ މުއައްސަސާ އޮޔާ ދަނީ ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފޭސްބުކްގައި ޝަހީމް މިއަދު ލިއުއްވި ދިގު ސްޓޭޓަސް އެއްގައި ވިދާޅުވީ އެ ދެ ތަނަކީ ރާއްޖޭގެ އިސްލާމީ އެންމެ މުހިއްމު ދެ މުއައްސަސާ ކަމަށާއި އެ ތަންތަން ކުރިން އައީ ވަރުގަދަ އަށް ހިނގަމުން ކަމަށެވެ. ވެރިޔަކު ނެތުމުގެ ސަބަބުން ޤުރުއާނާ ބެހޭ މަރުކަޒު ހުއްޓުމަކަށް އައިސް ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

"...މުޅި މަރުކަޒު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ރަށް ރަށުގައި ހިންގަމުން ދިޔަ ގިނަ ކަންކަން ވަނީ ހުއްޓިފަ އެވެ. ގައުމީ ގުރުއާން މުބާރާތުގެ ކަންކަން ވެސް ވަނީ ހުއްޓިފަ އެވެ. ގައުމީ ގުރުއާން މުބާރާތާއި ސްކޫލް ކުދިންގެ މުބާރާތަށް ވެސް ބަޖެޓް ނުލިބި ކުރިއަށް ނުގެންދެވިފަ އެވެ،" ޝަހީމް ވިދާޅުވެފައި ވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިއަކު ނެތުމުގެ ސަބަބުން އައިޔޫއެމަށް ވެސް ދަނީ ގެއްލުންތައް ލިބެމުންނެވެ.

"...ޗާންސެލާ އަކީ ޔުނިވަސިޓީގެ ހެޑެވެ. ކައުންސިލްގެ ރައީސެވެ. ޑިގްރީ އެންޑޯސް ކުރާ ފަރާތެވެ. ރައްޔިތުންގެ މަޖްލީހަށް ޔުނިވަސިޓީއާ މެދު ޖަވާބު ދާރީ ވާ ފަރާތެވެ،" އޭނާ ލިއުއްވާފައި ވެ އެވެ.

އައިޔޫއެމް އާއި ގުރުއާނާ ބެހޭ މަރުކަޒަށް ވެރިން ނުލައި ސަރުކާރުން ލަސްކޮށްފައިވާ ލަސްކުރުން އެއީ އިހުމާލެއް ކަމަށް ސިފަ ކުރެއްވި ނަމަވެސް ޝަހީމް ވިދާޅުވީ ތުހުމަތެއް ނުކުރައްވާނެ ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ސަރުކާރަށް އިލްތިމާސް ކުރެއްވީ އެ ތަންތަނަށް ވީހާވެސް އަވަހަކަށް ވެރިން އައްޔަން ކުރެއްވުމަށެވެ.

"މިއީ ހަނދާން ކޮށްދިނުމެކެވެ. ދެކޮޅުވެރިވުމެއް ނޫނެވެ. މި ތަންތަނަށް ވެރިން އައްޔަން ކޮށްދެއްވައި މި ތަންތަން ސަލާމަތްކުރާށެވެ. ތަންތަން އޮޔާ ދަނީ އެވެ،" ޝަހީމް ވިދާޅުވި އެވެ.