އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އަށް ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޖަމާނުކޮށް ގިނަ ދުވަސްވީ މައްސަލަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވިޔަސް އެތަނުގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ތެދުވެރިކަމާއެކުގައި ކަމަށް، އައިޔޫއެމްގެ ކުރީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
28 ފެބުރުއަރީ 2019
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އަށް ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޖަމާނުކޮށް ގިނަ ދުވަސްވީ މައްސަލަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވިޔަސް އެތަނުގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ތެދުވެރިކަމާއެކުގައި ކަމަށް، އައިޔޫއެމްގެ ކުރީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޮޑިޓް އޮފީހުން ނެރުނު އައިޔޫއެމްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން އެ އަހަރު ބަލައިގަތް ފައިސާގެ ތެރެއިން 6.4 މިލިއަން ރުފިޔާ ގިނަ ދުވަސްތަކެއް ވަންދެން ބޭންކަށް ޖަމާނުކޮށް ބެހެއްޓި އެވެ. އޭގެ ތެރެއިން ދެ މިލިއަން ރުފިޔާ ބޭންކަށް ޖަމާކުރީ ތިން މަސް ދުވަސް ވަންދެން އިސްލާމިކް ޔުނިވާސިޓީގައި ބަހައްޓާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އެކަން ދިފާއު ކުރައްވައި، އޭރު ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމުގައި ހުންނެވި ޝަހީމް ވިދާޅުވީ އައިޔޫއެމްގެ މާލީ ހުރިހާ ކަމެއް ބެލެހެއްޓީ އެތަނުގެ ޑެޕިއުޓީ ވައިސް ޗާންސެލަ އެޑްމިން އެންޑް ފައިނޭންސް ކަމަށެވެ. އަދި އައިޔޫއެމްގެ މާލީ ހުރިހާ ކަމެއް އޭނާ ބެހެއްޓެވީ ފުރިހަމަ ގޮތުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެކަމަކު އަލަށް އުފެއްދި ތަނެއްގައި، ދަތިތައް ހުންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އިދާރީ ގޮތުން ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ އެވެ. އައިޔޫއެމްގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ރިޕޯޓުގައި ފާހަގަކޮށްފައި ނެތުމުން އުފާކުރަމެވެ." މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައި އަދި މިހާރު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް، ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރައްވާ ޝަހީމް ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިސްލާމިކް ޔުނިވާސިޓީއަށް ލިބޭ ފައިސާ އެއްކޮށް ޖަމާކުރުމުގެ ބަދަލުގައި ބައެއް ފަހަރަށް ޖަމާކުރަނީ އެއްބައެވެ.
މިކަމަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ ފައިސާ ޖަމާކުރުން ކޮންމެވެސް ވަރަކަށް ލަސްވި ނަމަވެސް، ހުރިހާ ފައިސާއެއް ވަނީ ޖަމާކޮށްފަ އެވެ. އަދި ފައިސާއާ ގުޅޭ ހުރިހާ ކަމެއް ޔުނިވަސިޓީން ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިޔޫއެމް އޮޑިޓްކޮށްފައިވަނީ ވެސް އަޅުގަނޑުގެ އެދުމުގެ މަތިން، އަމިއްލައަށް އެދިގެންނެވެ. އެތަނުގެ ހުރިހާ ކަމެއް އަޅުގަނޑު ބަލަހައްޓާފައިވާނީ ވަރަށް ތެދުވެރިކަމާއެކުގަ އެވެ." ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
އައިޔޫއެމްއާ ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޔުނިވަސިޓީގެ ދަތުރެއް ކެންސަލްވުމުން، އެ ދަތުރުގެ ޓިކެޓަށް ހޭދަކުރި 88،000 ރުފިޔާ އަނބުރާ ދައްކާފައި ނުވުމާއި ޔުނިވާސިޓީއަށް ފައިސާ ލިބޭ ކަންކަމުގެ ރަޖިސްޓްރީ ފުރިހަމައަށް ބަލަހައްޓާފައި ނެތުން ހިމެނެ އެވެ. އެގޮތުން ފޮތް ވިއްކަން ކަނޑައަޅާފައިވާ ރޭޓު ނޫން އެހެން އަގުތަކުގައި ވިއްކާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އައިޔޫއެމުން ފައިސާ ޖަމާކުރުމުގައި މައްސަލަތަކެއް!
ސަން ފްރަންޓަށް ބަދަލުގެ ގޮތުގައި ދިނީ ދެގުނަ ބޮޑުކޮށް
ފުވައްމުލަކު ފެނުގެ މައްސަލަ: އޮޑިޓުގައި އެތައް ކަމެއް
"ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
ވެށި ހިމާޔަތްކުރާ ފަންޑު ބަލަހައްޓާގޮތުން ސުވާލު އުފެދޭ
ގޯސްކޮށް މީހުން ވަކިކުރާނަމަ ފިޔަވަޅު އަޅަންޖެހޭ:އޮޑިޓް
މުވައްޒަފުން ނަގަން އިއުލާނެއް، އިންޓަވިއު ވެސް ނެތް!
ފެނަކައިގެ ޒިންމާ ފިނޭންސާއި ޕީސީބީން ނަގަންޖެހޭ!
ސެންޓާ އެންޓަޕްރައިސަސްގެ މައްސަލަ ޕޮލިހަށް
މަތީ ތައުލީމުގެ ލޯނުގެ 187 މިލިއަން ނުލިބި އެބަހުރި