ބޯހިޔާވަހި ކަމެއް ނެތި ސްޕެއިންގެ މަގުމަތީ ސަލާން ޖަހަން އުޅުނު ދުވަސްވީ ފިރިހެނަކަށް، ދަތް އުނގުޅާ ބޭސް ޖަހާފައި ހުރި އޯރިއޯ ބިސްކޯދު ކާން ދިން މައްސަލައެއްގައި ޒުވާނަކަށް 15 މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
05 ޖޫން 2019
ބޯހިޔާވަހި ކަމެއް ނެތި ސްޕެއިންގެ މަގުމަތީ ސަލާން ޖަހަން އުޅުނު ދުވަސްވީ ފިރިހެނަކަށް، ދަތް އުނގުޅާ ބޭސް ޖަހާފައި ހުރި އޯރިއޯ ބިސްކޯދު ކާން ދިން މައްސަލައެއްގައި ޒުވާނަކަށް 15 މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ޗައިނާ އަށް ނިސްބަތްވާ އަދި ޔޫޓިއުބްގައި ވެސް މިލިއަނަކަށް ވުރެ ގިނަ މީހުން "ރީސެޓް" ގެ ނަމުގައި ފޮލޯކުރާ ކަންގްހުއާ ރެން، އޯރިއޯ ބިސްކޯދުގައި އިންނަ ކްރީމް ކޮޅު ނަގާފައި އޭގެ ބަދަލުގައި ދަތް އުނގުޅާ ބޭސް ޖަހާފައި ކާން ދިން ވީޑިއޯ އޭނާ ޔޫޓިއުބްގައި ހިއްސާކުރީ 2017 ގަ އެވެ. އަދި އެކަން ކުރީ "އެ މީހާ ފަގީރަކަށްވި ފަހުން ދަތް ނޫގުޅާތީ" ކަމަށާއި "އެ ބިސްކޯދުގެ ސަބަބުން އޭނާގެ އަނގައަށް ފައިދާ ކުރާނެ" ކަމަށް ބުނެފައިވެ އެވެ.
މި މައްސަލާގައި ރީސެޓް، 20، ގެ މައްޗަށް ދައުވާކޮށް 15 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް ބަދަލެއްގެ ގޮތުން ރުމޭނިއާ އަށް ނިސްބަތްވާ ޖޯޖް އެލް، 52، އަށް 22,523 ޑޮލަރު ދޭން ވެސް ވަނީ ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން 2024 ގެ ކުރިން ޔޫޓިއުބަށް އެއްވެސް ބާވަތެއްގެ ވީޑިއޯއް އަޕްލޯޑް ކުރުން ވެސް މަނާކޮށްފައިވާ އިރު، ކުރިއަށް އޮތް ފަސް އަހަރު ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ރިސެޓް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.
އޭނާގެ މައްޗަށް ކޯޓުން އިއްވި ހުކުމުގައި ބުނީ ޔޫޓިއުބްގައި އާންމު ކުރި ވީޑިއޯ އިން ރިސެޓަށް އާމްދަނީގެ ގޮތުގައި 2،500 ޑޮލަރު ވެސް ލިބިފައިވާ ކަމަށާއި އެ މައްސަލާގައި އޭނާއާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް ފިރިހެން މީހާގެ ދަރިއަކަށް ރިސެޓް ރިޝްވަތު ވެސް ހުށަހެޅި ކަމަށެވެ.
ރީސެޓް.
މި މައްސަލާގައި ރީސެޓް ކޯޓްގައި ބުނީ ފަގީރު މީހާ އަށް ދަތްއުނގުޅާ ބޭސް ޖެހި ބިސްކޯދު ކާންދިނީ އެއްގޮތަކަށް ވެސް އެ މީހާ އަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ނޫން ކަމަށެވެ. އަދި އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށާއި އެކަމާ މައާފަށް އެދި ދެރަވާ ކަމަށް ބުންޏެވެ. މި މައްސަލަ ހޫނުވުމުން އޭނާ ވަނީ ވީޑިއޯ ޑިލީޓްކޮށްލައިފަ އެވެ.
ރީސެޓްގެ މައްޗަށް 15 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެ ހުކުމުން ވަނީ ސަލާމަތްވެފަ އެވެ. ސަބަބަކީ ސްޕައިނަކީ "ނަން -ވައިލަންޓް" ކުށްތަކުގައި އިއްވާ ދެ އަހަރަށް ވުރެ ކުރު ޖަލު ހުކުމް ތަންފީޒު ކުރާ ގައުމަކަށް ނުވުމެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޔޫޓިއުބް "ޝޯޓްސް" އެންމެ ފުރަަތަމަ އިންޑިއާގައި
ސްޕޭނުގެ ކެޓަލޯނިއާ އިން ދެލައްކަ މީހުން ލޮކްޑައުންއަށް
ކޮވިޑް-19:ޕޮޒިޓިވްވި މީހުން 13 ދުވަހުން މިލިއަނެއް
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 100000 އަށް
ކޮވިޑް-19: ޕޮޒިޓިވްވި މީހުން 600،000 އަށް
ޗައިނާއިން ސްޕޭނަށް ފޮނުވި ޓެސްޓް ކިޓްތަކުގައި މައްސަލަ
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 20،000 އަށް
ދެ ދުވަސްތެރޭ އެއް ލައްކަ މީހުން ޕޮޒިޓިވްވެއްޖެ
ދަތް އުނގުޅާ ބުރުހަށް އާޓިފިޝަލް އިންޓެލިޖެންސް