Roadha Mihaaru
ކޮވިޑް-19: ޕޮޒިޓިވްވި މީހުން 600،000 އަށް

ކޮވިޑް-19: ޕޮޒިޓިވްވި މީހުންގެ އަދަދު 600،000 އަށް

28 މާޗް 2020

ޕެރިސް (މާޗް 28) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 600،000 އަށް ވުރެ އިތުރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (މާޗް 28) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 600،000 އަށް ވުރެ އިތުރުވެއްޖެ އެވެ.

މުޅި ދުނިޔޭގައި ވެސް ހަލުވިކަމާ އެކު ފެތުރޭ ރޯގާ އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ބައި މިލިއަނަށް އެރުމަށް ފަހު ހަ ލައްކަ އަށް އަރާފައި މި ވަނީ ދެ ދުވަސް ވެސް ނުވަނީހެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން 100،000 އަށް އަރަން ނެގީ 67 ދުވަހެވެ. ނަމަވެސް އެއް ލައްކަ އިން ދެ ލައްކަ އަށް އަރަން ނެގީ 11 ދުވަހެވެ. އަދި ދެ ލައްކަ އިން ތިން ލައްކަ އަށް އެރީ އެންމެ ހަތަރު ދުވަސް ތެރޭގަ އެވެ. ތިން ލައްކަ އިން ހަތަރު ލައްކަ އަށް އަރަން ދެ ދުވަސް ނެގި އިރު ހަތަރު ލައްކަ އިން ފަސް ލައްކަ އަށް އެރީ ވެސް ދެ ދުވަސް ތެރޭގަ އެވެ.

ފަރުވާއެއް އަދި ހޯދިފައި ނުވާ މި ރޯގާގައި މިހާތަނަށް ވަނީ 27،417 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 133،426 މީހުންނެވެ.

އެންމެ ހަލުވިކަމާ އެކު ރޯގާ ފެތުރޭ އެމެރިކާގައި މިހާތަނަށް ވަނީ 104،256 މީހުން ޕޮޒިޓިވްވެފަ އެވެ. އިޓަލީން 86،498 މީހުން ޕޮޒިޓިވްވި އިރު އެ ގައުމުން ވަނީ 9،134 މީހުން މަރުވެފަ އެވެ. ޗައިނާގައި 81،394 މީހުން ޕޮޒިޓިވްވެފައިވާ އިރު އެ ގައުމުން މަރުވީ 3،295 މީހުންނެވެ. ސްޕޭނުން 65،719 މީހުން ޕޮޒިޓިވްވިއިރު 5،138 މީހުން ވަނީ މަރުވެފަ އެވެ. އަދި ޖަރުމަނުން 53،340 މީހުންނަށް ކޮވިޑް-19 ޖެހުނު އިރު މަރުވީ 395 މީހުންނެވެ.