މެޑްރިޑް (މާޗް 28) - ސްޕޭނަށާއި ޗެކް ރިޕަބްލިކަށް ޗައިނާގެ ކުންފުންޏަކުން ފޮނުވި ކޮރޯނާވައިރަސް ރެޕިޑް ޓެސްޓް ކިޓްތަކުގެ ތެރޭން ގިނަ ތަކެތީގައި މައްސަލަ ޖެހިގެން ރިޕޯޓްކޮށްފި އެވެ.
28 މާޗް 2020
މެޑްރިޑް (މާޗް 28) - ސްޕޭނަށާއި ޗެކް ރިޕަބްލިކަށް ޗައިނާގެ ކުންފުންޏަކުން ފޮނުވި ކޮރޯނާވައިރަސް ރެޕިޑް ޓެސްޓް ކިޓްތަކުގެ ތެރޭން ގިނަ ތަކެތީގައި މައްސަލަ ޖެހިގެން ރިޕޯޓްކޮށްފި އެވެ.
ސްޕޭނުގެ ނޫހަކުން ބުނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ބަޔޯއީޒީ" އިން ގަތް ކިޓްތަކުގެ އެކިއުރެސީ ރޭޓަކީ 30 ޕަސެންޓް ކަމަށެވެ. ސްޕޭނުގެ ހެލްތު އެލާޓްސް އެންޑް އިމަޖެންސީގެ ޑިރެކްޓަރު ވިދާޅުވީ ޗައިނާގެ ރެޕިޑް ކިޓްތަކުން 9،000 ޓެސްޓް ހަދާފައިވާ ކަމަށާއި ބާކީ ތަކެތި އެ ގައުމަށް އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށެވެ. ސްޕޭނުން ވަނީ 340،000 ކިޓަށް އޯޑަރު ދީފަ އެވެ.
ސްޕޭނުގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައި ވަނީ ޗައިނާ ސަރުކާރުން ގައުމުތަކަށް ފޮނުވާ އެހީގެ ތަކެތީގެ ތެރޭގައި ބަޔޯއީޒީ ކުންފުނީގެ އުފެއްދުންތައް ނުހިމެނޭ ކަމަށެވެ.
ޗެކް ރިޕަބްލިކުގެ ވެބްސައިޓެއްގައި ބުނީ މި މަހު ކުރީކޮޅު ޗައިނާ އިން އެ ގައުމަށް ފޮނުވި 150،000 ޕޯޓެބަލް ކިޓުގެ ތެރޭން 80 ޕަސެންޓް ކިޓުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. މި ޓެސްޓް ކިޓްތަކުން 10-15 މިނިޓް ތެރޭ ނަތީޖާ ލިބެ އެވެ. ނަމަވެސް އެހެން ޓެސްޓްތަކަށް ވުރެ ނަތީޖާގެ ސައްހަކަން ކުޑަ އެވެ. އެހެންކަމުން ޗެކް ރިޕަބްލިކުން މިހާރު ހަދަނީ ލެބޯޓްރީ ޓެސްޓްތަކެވެ.
ޓެސްޓް ކިޓްތަކުގެ ތެރޭން 100،000 ކިޓަށް 546،000 ޑޮލަރު ދައްކާފައި ވަނީ ޗެކް ރިޕަބްލިކުގެ ހެލްތު މިނިސްޓްރީންނެވެ. ބާކީ 50،000 ކިޓަށް ފައިސާ ދެއްކީ އިންޓީރިއާ މިނިސްޓްރީންނެވެ.
ސްޕޭނުން 64،285 މީހުން ޕޮޒިޓިވްވެފައިވާ އިރު 4،940 މީހުން ވަނީ މަރުވެފަ އެވެ. ޗެކް ރިޕަބްލިކުން ވަނީ 2،279 މީހުން ޕޮޒިޓިވްވެ ނުވަ މީހުން މަރުވެފަ އެވެ.
ކޮވިޑް-19:ޕޮޒިޓިވްވި މީހުން 13 ދުވަހުން މިލިއަނެއް
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 100000 އަށް
ކޮވިޑް-19: ޕޮޒިޓިވްވި މީހުން 600،000 އަށް
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 20،000 އަށް
ދެ ދުވަސްތެރޭ އެއް ލައްކަ މީހުން ޕޮޒިޓިވްވެއްޖެ
ދަތްއުނގުޅާ ބޭސް ޖެހި އޯރިއޯ ކާންދިނުމުން ޖަލަށް
ވާވޭގެ ފަށްޖަހައިލެވޭ ފޯނު ދައްކައިލުން 24 ގައި
ވީގޫރްގެ ބަޔަކު ތައިލެންޑުން ޗައިނާއާ ހަވާލުކޮށްފި
އުތުރުތިލަފަޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް