Roadha Mihaaru
ރައީސްގެ އީދު ސަލާމް ކުރުން ނުބާއްވަން ނިންމައިފި

މޫސުން ގޯސްވުމުން ރައީސްގެ އީދު ސަލާމް ކުރުން މާދަމާ ނުބާއްވަން ނިންމައިފި

03 ޖޫން 2019

ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން މާދަމާ ނުބާއްވަވާ ގޮތަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން މާދަމާ ނުބާއްވަވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ އީދު ސަލާމް ކުރެއްވުން މިފަހަރު ބާއްވަން ހަމަޖައްސާފައި އޮތީ ރިޔާސީ ގަނޑުވަރު މުލިއާގޭގަ އެވެ. އީދު ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 10:30 އަށް އީދު ސަލާމް ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން މާދަމާ ނުބާއްވާ ގޮތަށް ހަމަޖެއްސީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މި އަހަރުގެ ފިތުރު އީދު މާދަމާ ފެށޭއިރު، އީދާ ދިމާކޮށް މޫސުން ގޯސްވާނެ ކަމަށް ކުރިން އޮތީ ލަފާކޮށްފަ އެވެ.

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުމަކީ ޒަމާނުއްސުރެ ފެށިގެން ރާއްޖޭގައި ކުރާ ކަމެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އީދު ސަލާމް ކުރެއްވުން ބޭއްވީ ސަލްޓަންޕާކްގަ އެވެ.