Roadha Mihaaru
އިސްކަން ދޭންވީ ގުޅުންތައް ބަދަހި ކުރަން: ރައީސް

އީދުުގައި އިސްކަން ދޭންވީ ގުޅުންތައް ބަދަހި ކުރަން: ރައީސް

19 ޖުލައި 2021

ކޮވިޑް-19 ގެ ހާލަތު ކުރިމަތިވެފައި އޮތަސް، ގުޅުންތައް ބަދަހި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 ގެ ހާލަތު ކުރިމަތިވެފައި އޮތަސް، ގުޅުންތައް ބަދަހި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މާދަމާ ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން އީދުގެ އުފާ ފުރިހަމަ ގޮތުގައި ފާޅުކުރަން ހުރަސް އެޅިފައި ވިޔަސް، ދޭދޭ ގުޅުންތައް ބަދަހިކޮށް، އުފާ ފާޅުކުރުމުގައި ދެމި ތިބުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ އެތައް ކަންތައްތަކެއް ބަދަލުވެފައިވާއިރު، އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހި ކުރަން އިސްކަން ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ އީދަކީ ވެސް އެކުވެރިކަމާއި ގުޅުން ބަދަހި ކުރުމުގެ ދެ މުނާސަބަތު ކަން ފާހަގަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވިގޮތުގައި، މި އީދުގައި އެންމެން ވެސް އިސްކަން ދޭންވީ އީދުގެ ހެޔޮ އެދުންތައް ފޮނުވުމާ އެކު އާއިލީ ގުޅުންތައް ބަދަހި ކުރުމާއި މައިންބަފައިންނާއި އުމުރުން ދުވަސްވީ މީހުންނާ އެކު ވަގުތު ހޭދަ ކުރުމުގަ އެވެ. އެފަދަ ކޮންމެ ކަމަކުން ވެެސް ރަމްޒު ކޮށްދޭނީ މީހުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަން ކަމަށް ވެސް ރައީސްގެ ހިތާބުގައިވެ އެވެ.

ރައީސްގެ ހިތާބުގައިވަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމުގައި ވެސް އެންމެ ބޮޑު ބާރެއް ލިބިގެންދަނީ މީހުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމުން ކަމަށެވެ. އަދި ބައިބައިވުމާއި ދެކޮޅުވެެރި ވިސްނުންތައް އެއްފަރާތް ކުރުމަށް ފަހު އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް ގޮވައިލެއްވި އެވެ.

އެ މަނިކުފާނު ވަނީ ގައުމައިގެން ކުރިއަށް ދިއުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ..