Roadha Mihaaru
މޫސުން ގޯސްވުމުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރާނެ

މޫސުން ގޯސްވުމުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރާނެ

04 ޖޫން 2019

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާތީ، ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގެ މާފަންނު ސްޓޭޑިއަމްގައި މާދަމާ ނޯންނާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން މިރޭ ބުނެފި އެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ އޭގެ ބަދަލުގައި، މާލޭގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޓުވީޓު

މި ފަހަރުގެ ކުޑަ އީދު ފެން އީދަކަށް ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ކުރިން ލަފާކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެފައިވެ އެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނެފައި ވަނީ މިއަދުން ފެށިގެން 72 ގަޑި އިރު ވަންދެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާ އިން ލަފާކޮށްފައިވާ ގޮތުގައި އާއްމު ގޮތެއްގައި ވައި ގަދަވާނީ މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބާއްވަވަން ނިންމެވި އީދު ސަލާމް ކުރެއްވުން ވެސް މޫސުން ތަން ނުދޭތީ ވަނީ ކެންސަލް ކުރައްވައިފަ އެވެ.

ފިތުރު އީދު ނަމާދަށް މާލޭގެ އިސްލާމީ މަރުކަޒުގައި އިންތިޒާމް ހަމަޖައްސާފައިވާ ގޮތް