Roadha Mihaaru
ގާކޮށި ފްލެޓުތަކުގެ މީހުން އީދު ފާހަގަކޮށްފި

ގާކޮށި ފްލެޓުތަކުގެ މީހުން އީދު ފާހަގަކޮށްފި

04 ޖޫން 2019

ގާކޮށި ފްލެޓުތަކުގައި ދިރިއުޅޭ ދިވެހިންގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން، ކުލަ ގަދަ އީދެއް މިއަދު ފާހަގަކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގާކޮށި ފްލެޓުތަކުގައި ދިރިއުޅޭ ދިވެހިންގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން، ކުލަ ގަދަ އީދެއް މިއަދު ފާހަގަކޮށްފި އެވެ.

މިއަދު ފާހަގަކުރާ ފިތުރު އީދުގެ މުނާސަބަތުގައި، މި ހަރަކާތް ރޭވުމުގައި އިސްކޮށް އުޅުނު މީހަކު ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ހަރަކާތް ފެށީ އީދު ނަމާދަށް ފަހު ބޭއްވި ސަޔަކުން ކަމަށެވެ. މި ސައިގައި، ގާކޮށި ފްލެޓުތަކުގައި ދިރިއުޅޭ 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އޭނާ ބުންޏެވެ.

ގާކޮށި ފްލެޓުތަކުގައި ދިރިއުޅޭ ކުޑަކުދިންތަކަކަށް ހަދިޔާ ބަހަނީ.

ގާކޮށި ފްލެޓުތަކުގައި ދިރިއުޅޭ ކުޑަކުދިންތަކަކަށް ހަދިޔާ ބަހަނީ.

އޭގެ ފަހުން 250 އެއްހާ ކުދިންނަށް އީދު ހަދިޔާ ބަހާފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހަރަކާތް ބޭއްވީ ފްލެޓުތަކުގެ ތިރީގައި ވިޔަފާރި ކުރަމުން އަންނަ އެކިއެކި ތަންތަނުގެ ވެރިންގެ އެހީތެރިކަމާ އެކުގަ އެވެ. އަދި ފުލުހުންގެ އެއްބާރުލުން ލިބުނު ކަން އޭނާ ފާހަގަ ކުރި އެވެ.

ގާކޮށި ފްލެޓުތަކުގައި ދިރިއުޅޭ ކުޑަކުދިންތަކެއް މިއަދު ކޭކެއް ފަޅަނީ.

ގާކޮށި ފްލެޓުތަކުގައި ދިރިއުޅޭ ކުޑަކުދިންތަކެއް މިއަދު ކޭކެއް ފަޅަނީ.

މި ހަރަކާތް ބޭއްވުމުގެ މަގްސަދަކީ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އާލާކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ބޮޑު އީދުގައި ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.