އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ގާއިމްކުރަން އުޅޭ ފެރީގެ ނިޒާމާ މެދު ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
08 ޖޫން 2019
އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ގާއިމްކުރަން އުޅޭ ފެރީގެ ނިޒާމާ މެދު ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ކާގޯ ޕެސެންޖަ ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ކުރައްވާ ރަސްމީ ދަތުރުގައި، ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމަކު އެ ހިދުމަތް ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގިނަވެ، އިޖްތިމާއީ ބޮޑެތި މައްސަލަތައް ދިމާވާ ވާހަކަ ދައްކާއިރު، އަގު ހެޔޮކޮށް ދަތުރުކުރެވޭ މި ފެރީގެ ނިޒާމުން އެ މައްސަލަ އިންތިހާއަށް ބޮޑުވާނެ ކަމަށެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ފެރީގައި ދިވެހިން ދަތުރެއް ނުކުރާނެ އެވެ. އެކަމަކު އިންޑިއާއިން "އިލްމެއް ހިލްމެއް ނެތް މަސައްކަތު މީހުންނާއި ބޮޑެތި މުޖުރިމުން ރާއްޖެ ދަތުރުކުރާނެ" ކަމަށް ވިދާޅުވި އެވެ.
"މި ކަމަށް އެއްބަސްވުމަށް ފަހު އަޅުގަނޑުމެން ހިއުމަން ޓްރެފިކިންގެ ވާހަކައެއް، ޑްރަގް ޓްރެފިކިންގެ ވާހަކައެއް އަދި ހިޔުމަން ރައިޓްސްގެ ވާހަކައެއް ދައްކާނެކަމެއް ނެތެވެ. މިއީ މި ދިވެހި ފަސްގަނޑުގައި އަވައްޓެރި ބީރައްޓެހި މުޖުތަމައެއް އުފަންކުރުވަން ކޮށޭނެ އެންމެ ތަނަވަސް މަގެވެ،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ލިޔުއްވި އެވެ.
އޭނާ ވިދާޅުވީ ދީނާއި ސަގާފަތާ ބީރައްޓެހި އެތައް ކަމެއް ހިނގާއިރު ދުވަސްކޮޅަކުން ފެންނާނީ އެހެން ސަގާފަތްތަކާއި ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަ ދީ، ރަށްވެހިކަން ދޭ މަންޒަރު ކަމަށެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުން ޝިޔާމް ވިދާޅުވި ގޮތުގައި މިއީ "އާދައިގެ ވާހަކައެއް ނޫނެވެ."
"މި ދައްކަނީ މިލިއަން މީހުން ނުވަތަ މިލިއަން ވޯޓުގެ ވާހަކަ އެވެ،" ޝިޔާމް ވިދާޅުވި އެވެ. އެގޮތަށް ބޭރު މީހުންނަށް ރައްވެހިކަން ދޭ ސަރުކާރެއް އެ މީހުންގެ ވޯޓާ އެކު އަބަދުވެސް ވެރިކަމުގައި އޮންނާނެ ކަމަށް ވެސް، ޝިޔާމް ލިއުއްވި އެވެ.
ކޮޗިން އިން ރާއްޖެއަށް ފެރީ ދަތުރުތައް ފަށަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެމްޑީޕީގެ ވެރިކަން ވެއްޓުމާ އެކު އެކަން ނުވީ ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
އިންޑިއާ ފަސްޓުން އިންޑިއާ އައުޓަށް: މިވީ ކިހިނެއް؟
މޯދީގެ ދަތުރު ބަލައިގަންނަން: ޕީޕީއެމް
ނިހާންގެ "ރާގު" މުޅިން ބަދަލުވީތަ؟
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
ގުޅުން ރަނގަޅުކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި
އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
ހަލީލަށް ފަހު ޣައްސާން ވެސް އިންޑިއާ އަށް
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"