ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
09 ޖޫން 2019
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޚިޔާނާތުގެ ކުށުގައި އަދީބު އަށް އަހަރަށް ޖަލަށް ލާން 2016 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ނުލިބުނު މައްސަލައިގަ އެވެ. އެކަމަކު މިދިޔަ މަހުގެ ފަހުކޮޅު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަމުރުކޮށްފަ އެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޚިޔާނާތުގެ މައްސަލާގައި އަދީބުގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް އަހަރަށް އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދެ އަހަރަށް ޖަލަށް ލާން ވެސް އޭރު ހުކުމްކުރި އެވެ. ޒިޔަތާއި ހާމިދުގެ ހުކުމް ހައި ކޯޓުން ކުރިން އޮތީ ދަމަހައްޓައިފަ އެވެ.
މީގެ ތެރެއިން ހާމިދުގެ ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ.
ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބުގެ ބަންދުގެ މުއްދަތު ޖަހައެއް ނުދިން
ބަންދާ މެދު ގޮތެއް ނިންމަން އަދީބު ކޯޓަށް ހާޒިރުކޮށްފި
އަދީބުގެ ދެ މައްސަލައެއް ނުބަލާ އަނބުރާ ޕީޖީ އަށް
ފިސްތޯލަ ގެންގުޅެގެން އަދީބަށް ކުރި ހުކުމް ގޯސް: ޕީޖީ
ރިޝްވަތު ދިނުމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފި
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
"ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ"
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!