13 ޖޫން 2019
އާޓިފިޝަލް އަލީގައި ނިދާ އަންހެނުން ފަލަވުމުގެ ފުރުސަތު ބޮޑު ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އާޓިފިޝަލް އަލީގައި ނިދާ އަންހެނުން ފަލަވުމުގެ ފުރުސަތު ބޮޑު ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ޖަމާ އިންޓަނޭޝަނަލް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނީ ރޭގަނޑު ނިދާ ވަގުތު އަންހެނުން މަސްނޫއީ އަލިތަކަށް ހުށަހެޅޭ ނަމަ ފަލަވާ ކަމަށާއި މިކަމުގެ ސަބަބުން އާދަޔާހިލާފަށް ފަލަވުމުގެ މައްސަލަ ވެސް ކުރިމަތިވެދާނެ ކަމަށެވެ.
އެހެންވެ ނިދާ ވަގުތު ގޭތެރޭގައި ރޭގަނޑު ހުންނަ އަލިތަކުން ރައްކާތެރިވުން މުހިއްމު ކަމަށް ބުންޏެވެ.
މި ދިރާސާ އަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެންވަޔަރަމަންޓަލް ހެލްތު ސައިންސެސް (އެންއައިއީއެޗްއެސް) އިން އުމުރުން 35-74 އަހަރާ ދެމެދުގެ 43،722 މީހުންގެ ނިދުމުގެ ހާލަތު ފަސް އަހަރުގެ މުއްދަތަކަށް ރެކޯޑްކޮށްފައިވެ އެވެ. އެގޮތުން ރޭގަނޑު މަސްނޫއީ އަލިތަކުގައި ނިދި މީހުންގެ ބަރުދަނުން އިތުރުވެ ކުރިއަށް އޮތް ފަސް އަހަރު އެ މީހުންގެ ބަރުދަން އިތުރު ފަސް ކިލޯ ނުވަތަ އެއަށް ވުރެ ބަރުވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ބުންޏެވެ.
A new #NIEHSresearch study suggests that sleeping w/ a TV or light on may be a risk factor for female weight gain. The research is the first to find such an association + suggests that cutting off bedtime lights could reduce women’s chances for obesity https://t.co/1IRlfcY3I9 pic.twitter.com/qsfq8gJ357
— NIEHS (@NIEHS) June 10, 2019
"މަސްނޫއީ އަލީގެ ތެރޭގައި ނިދާ މީހުން އެ ނޫން މީހުންނާ އަޅާކިޔާ އިރު، އެ މީހުންގެ ބަރުދަން އިތުރުވުމުގެ ފުރުސަތު ސަތާރަ ޕަސަންޓަށް އިތުރުވޭ،" ދިރާސާގައި ބުންޏެވެ.
ދިރާސާގައި ފާގަކޮށްފައިވާ ގޮތުގައި ރޭގަނޑު މަސްނޫއީ އަލީގެ ތެރޭގައި ނިދާ މީހުންނަށް އިތުރު މައްސަލަތައް ވެސް ދިމާވުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ހަރަކާތްތެރި ކުޑަ ލައިފް ސްޓައިލަކަށް މަގުފަހިކޮށް ދިނުމާއި މީހާގެ ސޯޝޯއިކޮނިމިކް ހާލަތަށް ވެސް ގުޑުން އަރުވައިލަ އެވެ.
"ދިރާސާ އިން ކަށަވަރުކޮށްދޭ ރޭގަނޑުގެ މަސްނޫއީ އަލިތަކުން މީހާގެ ބޮޑީ ކްލޮކް ހަރާބުކޮށްލާކަން،" ދިރާސާ އަށް އިޝާރާތް ކުރައްވައި އިނގިރޭސިވިލާތުގެ ސަރީ ޔުނިވަސިޓީގެ ޕްރޮފެސަރު މާލްކޮމް ވޮން ޝެންޒް ވިދާޅުވި އެވެ.
"ހާއްސަކޮށް މީހާގެ މެޓަބޮލިޒަމަށް އެކަމުގެ ސަބަބުން ކުރާ އަސަރުތައް ބޮޑު. އެހެންވީމާ ރައްކާތެރި ގޮތަކީ އަނދިރި މާހައުލެއްގައި ރޭގަނޑު. އޭގެ މާނައަކީ ރޭގަނޑުގެ ނިދާ ވަގުތު ވާން ޖެހެއޭ އިލެކްޓްރިކް ވަސީލަތްތަކުން [އެކި ކަހަލަ އަލިތައް] ސަލާމަތްވެފައިވާ ތަނަކަށް ވާން." އޭނާ ވިދާޅުވި އެވެ.
ވީޑިއޯ ކޯލް މީޓިންތަކުން އުފެއްދުންތެރިކަން ދަށްވޭ
ވައި ނުސާފުވުމަކީ ކުދިން ފަލަވާކަމެއް
އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ
ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް
ސިއްހަތު ވަޒަންކުރަން އުނަގަނޑުގެ ސައިޒް
އެއްމާބަނޑު ކުދިން އުފަންވުން އިތުރުވެއްޖެ
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
ކޮވިޑަށް ދެވިދާނެ ފަރުވާއެއް ކުޑަކުކުއްޖެއްގެ ފަރާތުން
ކޮވިޑާ ދެކޮޅު ފިޔަވަޅުތަކަށް އަންހެނުން މާ ފަރުވާތެރި
ލޯބިވެރިޔާ ކައިވެންޏާމެދު ސީރިއަސްކަން އެނގޭނީ ކިހިނެއް