Roadha Mihaaru
އަރުހަމް މަރާލި މައްސަލައިގެ ހުކުމްކުރުން ފަސްކޮށްފި

އަރުހަމް މަރާލި މައްސަލައިިގެ ހުކުމްކުރުން ފަސްކޮށްފި

29 މެއި 2016

ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ހަތަރު މީހަކަށް ދައުވާކުރާ މައްސަލާގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށް ފަހު އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ހަތަރު މީހަކަށް ދައުވާކުރާ މައްސަލާގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށް ފަހު އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

އަރުހަމް މަރާލާފައި އޮއްވާ ފެނުނީ މެއި، 2012 ގައި ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްގެ ތެރެއިންނެވެ. އެ މައްސަލާގައި ހަ މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިޔަސް ދައުވާކޮށްފައި ވަނީ ހަތަރު މީހުންގެ މައްޗަށެވެ. އެއީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީ މަންޒިލް މަންސޫރު ޔޫސުފާއި މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.

އެ މައްސަލައިގެ ހުކުމް ކުރުން މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލްކުރީ އިތުރަށް މައްސަލަ ދިރާސާ ކުރަން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެކަމަކު ހުކުމްކުރާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.

އެ މައްސަލާގައި ދައުވާލިބުނު އާތިފް ވަނީ މީގެ ދެތިން މަހެއްހާ ދުވަސް ކުރިން ކްރިމިނަލް ކޯޓުގެ އަމުރަކަށް ބަންދުން ދޫކޮށްލައިފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމިޔަސް އަދި އިސްތިއުނާފެއް ނުކުރެ އެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ގާޒީ މުހުތާޒް ފަހުމީ އެ މައްސަލަ ބައްލަވަމުން ގޮސް ނިމުމަކާ ގާތުގައި އޮއްވައި، ކުއްލި ގޮތަކަށް އޭނާ އަތުން މައްސަލަ ނެގުމަށް ފަހު ވަނީ ގާޒީ އަބްދުﷲ ދީދީއާ ހަވާލުކޮށްފަ އެވެ. ގާޒީ އަބްދުﷲ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުވުމާ އެކު މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އަލީ އެވެ.