Roadha Mihaaru
އެމްޑީޕީގެ ވަފުދާ އެކު ނައިބު ރައީސް ލަންކާގައި

އެމްޑީޕީގެ ވަފުދާ އެކު ނައިބު ރައީސް ލަންކާގައި

14 ޖޫން 2019

ސްރީ ލަންކާގައި ބޮން ގޮއްވައި ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމްޑީޕީގެ އިސް ބޭފުޅުން އެ ގައުމަށް ކުރައްވާ ދަތުރުގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސްރީ ލަންކާގައި ބޮން ގޮއްވައި ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމްޑީޕީގެ އިސް ބޭފުޅުން އެ ގައުމަށް ކުރައްވާ ދަތުރުގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންނާ އެކު ލަންކާގައި މާދަމާ ހާއްސަ ހަފްލާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސާއި ލީޑަޝިޕްގެ ގިނަ ބޭފުޅުން މިހާރު ތިއްބެވީ ލަންކާގަ އެވެ.

އެމްޑީޕީގެ ވަފްދު ނައިބު ރައީސްއާއެކު ލަންކާގައި--

ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ގިނަ ހަރަކާތްތައް ލަންކާގައި ބާއްވަ އެވެ. އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ފެށީ ވެސް އެ ގައުމުގަ އެވެ. ކުރީގ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނަށް ރާއްޖޭގައި ރައްކާތެރި ކަމެއް ނެތް ކަމުގެ ތުހުމަތާ އެކު އިދިކޮޅު ގިނަ ހަރަކާތްތަކެއް އެމްޑީޕީގެ އިސްބޭފުޅުން ރާވައި އިންތިޒާމްކުރީ ވެސް އެ ގައުމުގަ އެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވި ފަހުން، ސިޔާސީ ހަރަކާތްތައް ހިންގެވީ ވެސް ލަންކާގަ އެވެ. އެމްޑީޕީ ސަރުކާރުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އަމިއްލަ އަށް އަރުވާލެއްވިގެން ވެސް ލަންކާގައި ދިރިއުޅުއްވި އެވެ.

ލަންކާގެ ކްރިސްޓިއަން ޗާޗުތަކަށާއި ދެ ހޮޓަލަކަށް އަމާޒުކޮށްގެން ދިން ޖާނުން ފިދާވުމުގެ ހަމަލާގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. ޓެރަރިސްޓު އެފަދަ ހަމަލާއަކުން ރައްކާތެރިވުމަށް އެ ގައުމުގައި އަދިވެސް އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.