09 ނޮވެމްބަރ 2022
ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރުކަމުން މުހައްމަދު ނަޝީދު ވަކިކުރަން ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާއިރު، އެ ކަމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރުކަމުން މުހައްމަދު ނަޝީދު ވަކިކުރަން ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާއިރު، އެ ކަމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު، މަޖިލިހުގެ މެމްބަރުކަމުން ވަކިކުރުމާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ.
އެކަމާ ގުޅިގެން ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތާލިބުގެ ހުށަހެޅުމުގައި ގާނޫނީ އަސާސެއް ނެތަސް އެ ކަމުގައި އަޑީގައި އޮތީ ސަރުކާރު ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަޖިލިހުން އަދަދު ނުލިބުނީމާ މިހާރު އެ މަސައްކަތް ފެށީ ކޯޓު މެދުވެރިކޮށް ރައީސް ނަޝީދު ވަކިކުރެވޭތޯ،" ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ ހަސަން ލަތީފު ވިދާޅުވި އެވެ.
ނަޝީދު، މަޖިލިހުގެ މެމްބަރުކަމުން ވަކިކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސަބެއް ކަމަށް ތާލިބު ވިދާޅުވަނީ މި އަހަރުގެ ކޮޕް-27 ސަމިޓްގައި ނަޝީދު، ސްރީ ލަންކާ ތަމްސީލު ކުރައްވާތީ ކަމަށެވެ.
މައްސަލަ ހުށަހެޅުމުގައި އޭނާ ރިއާޔަތް ކުރައްވަނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އެވެ. ތާލިބު ދެކެވަޑައިގަންނަވާ ގޮތުގައި ނަޝީދު މިހާރު ވަނީ އެ މާއްދާއާ ހިލާފުވެފަ އެވެ.
ބައިނަލްއަގްވާމީ ހަރަކާތެއްގައި ނަޝީދު، އެހެން ގައުމެއް ތަމްސީލު ކުރެއްވުމަކީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށް ދައުވާގައި ވެ އެވެ.
ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އަމަލު ކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަންދީގެން ކަމަށެވެ. އެއްވެސް މެމްބަރަކު އެ ބޭފުޅެއްގެ ނުވަތަ އެ ބޭފުޅަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ކުރައްވައިގެން ނުވާ ކަމަށް އެ މާއްދާގައި ބަޔާންކުރެ އެވެ.
"...އަދި އެބައިމީހުން، އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާ އަށް ރިއާޔަތް ކުރަން ވާނެ އެވެ،" ނަޝީދާ ދެކޮޅަށް ތާލިބު ނަންގަވާ މާއްދާގައި ވެ އެވެ.
ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަޖިލިހުން އަދަދު ނުލިބުނީމާ މިހާރު އެ މަސައްކަތް ފެށީ ކޯޓު މެދުވެރިކޮށް ރައީސް ނަޝީދު ވަކިކުރެވޭތޯ،" --- ހަސަން ލަތީފު
ތާލިބުގެ ދައުވާގައި ބުނީ، ކޮޕް-27 ކޮންފަރެންސުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާއިރު، ދައުލަތުގެ އެހެން ބާރެއްގެ ވެރިއަކު އެހެން ގައުމެއް ތަމްސީލު ކުރެއްވުމަކީ ދައުލަތުގެ ސިޔާސަތީ ބާރުގެ މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.
ނަޝީދާ ދެކޮޅު މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ސިޔާސީ ގުޅުން ގޯސްވެފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ނަޝީދު އިއްުޔެ ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވެން ވެސް ނެތް ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަޙަޅަން ވެސް އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެބޭފުޅުމާއެކު، ރައީސްގެ ފެކްޝަންގެ މަޖިލިސް މެމްބަރުން މަސައްކަތް ކުރެއްވި އެވެ. އެކަމަކު، އެ ކަން ވަކި ހިސާބަކުން ވަނީ ހުއްޓިފަ އެވެ.
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވެފައި ވަނީ އެ މަނިކުފާނު މަގާމުން ބޭރުކޮށްލަން ހަމަވީ އެންމެ 12 ސޮއި ކަމަށެވެ.
"އަދި މި މަޖިލީހުގެ 12 ވަރަކަށް މެމްބަރުން އޭގައި ސޮއި ވެސް ކުރެއްވި. އިއްޒަތްތެރި މެމްބަރަށް ޔަގީންކޮށް އަރުވަން އެ އަދަދަކީ 12 ވަރަކަށް މެމްބަރުން. އަދި އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ މި މަޖިލީހުގެ އަޣުލަބިއްޔަތު އަދި މާ ބޮޑު އަޣުލަބިއްޔަތު މެމްބަރުން އަޅުގަނޑަށް އިތުބާރު ކުރައްވާ ކަމަށް،" އެ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް މަސައްކަތް ކުރުމުގެ އަޑީގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ ކޯޓުން ބަލައެއްނުގަތް
ނަޝީދު މަޖިލީހުން ވަކިކުރަން ސުޕްރީމް ކޯޓަށް
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް
ނަޝީދާއި އިބޫ، ބައިވެރިވާ ޚާއްސަ ޖަލްސާއެއް ލަންކާގައި
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
އާ ރައީސް ހުވާކުރުމަށް ހުރަހެއް ނޭޅޭނެ: ސުޕްރީމް ކޯޓު
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގެ ހުކުމް މިއަދު
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް