Roadha Mihaaru
ކުޑަކުދިންނަށް ހާއްސަ "ސެލަޑް ފްރޮސްޓިން" އެއް

ތަރުކާރީ ނުކާ ކުދިންނަށް "ސެލަޑް ފްރޮސްޓިން" އެއް ނެރެފި

17 ޖޫން 2019

ތަރުކާރީ ނުކާން އުޅޭ ކުދިންގެ މައިންބަފައިންގެ ބޮލުގެ ރިހުމަށް މިއީ ހައްލަކަށް ވެދާނެ އެވެ. މަޝްހޫރު ކްރާފްޓްސް ކުންފުނިން މިހާރު ވަނީ ތަރުކާރީ ކާން ކުދިން ހިތްޖެއްސުމަށްޓަކައި ހާއްސަ "ސެލަޑް ފްރޮސްޓިން" އެއް ނެރެފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތަރުކާރީ ނުކާން އުޅޭ ކުދިންގެ މައިންބަފައިންގެ ބޮލުގެ ރިހުމަށް މިއީ ހައްލަކަށް ވެދާނެ އެވެ. މަޝްހޫރު ކްރާފްޓްސް ކުންފުނިން މިހާރު ވަނީ ތަރުކާރީ ކާން ކުދިން ހިތްޖެއްސުމަށްޓަކައި ހާއްސަ "ސެލަޑް ފްރޮސްޓިން" އެއް ނެރެފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފްރޮސްޓް ހުރި ކާ އެއްޗަކަށް ކުދިން ނޫނެކޭ ބުނުމަކީ ވަރަށް ދުރު ކަމަކަށް ވާނެ އެވެ. އެހެންވެ ތަރުކާރީން ސެލެޑެއް ހަދާފައި ކުދިންނަށް ދޭ ނަމަ "ސެލަޑް ފްރޮސްޓިން" އަޅާފައި ސެލެޑް ހެދުމުން މިހާރު މައްސަލަ ހައްލު ވާނެ ކަމަށް ބުންޏެވެ.

ކްރާފްޓުން ބުނީ "ސެލަޑް ފްރޮސްޓިން" ތައްޔާރުކޮށްފައި ވަނީ ކުދިން އެންމެ ގަޔާވާނެ ރަހަތައް އެކުލެވޭ ގޮތަށެވެ.