ސިނަމާލެ ބްރިޖާއި ހައިވޭގައި މި މަހު ހިނގި ބޮޑު ތިން އެކްސިޑެންޓްގައި އިހުމާލުވި ޑްރައިވަރުންގެ ލައިސަންސް ޓްރާންސްޕޯޓް އޮތޯރިޓީން ދިގު މުއްްދަތަކަށް ހިފަހައްޓައިފި އެވެ.
16 ޖޫން 2019
ސިނަމާލެ ބްރިޖާއި ހައިވޭގައި މި މަހު ހިނގި ބޮޑު ތިން އެކްސިޑެންޓްގައި އިހުމާލުވި ޑްރައިވަރުންގެ ލައިސަންސް ޓްރާންސްޕޯޓް އޮތޯރިޓީން ދިގު މުއްްދަތަކަށް ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނީ މި ފިޔަވަޅު އެޅީ ފުލުހުން ޓްރާންސްޕޯޓް އޮތޯރިޓީގައި އެދުމުން ކަމަށެވެ.
ލައިސަންސް ހިފެހެއްޓީ މި މަހުގެ ހަތަރު ވަނަ ދުވަހު ލިންކް ރޯޑުގެ ޑިވައިޑާތަކުގައި ކާރެއް ޖެހި، އެ ޑިވައިޑަރުތައް ހަލާކުވި އެކްސިޑެންޓާއި މި މަހުގެ ހަތް ވަނަ ދުވަހު މެރިން ރިސާޗް ސެންޓަރުގެ ފާރުގައި ކާރަކުން ޖެހުނު އެކްސިޑެންޓް އަދި މި މަހުގެ އަށް ވަނަ ދުވަހު ޑިވައިޑާތަކުގައި ކާރަކުން ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެންނެވެ.
މީގެ ތެރެއިން ފުރަތަމަ އެކްސިޑެންޓާ ގުޅިގެން، އިހުމާލުވި ޑްރައިވަރުގެ ލައިސަންސް އެއް އަހަރު ދުވަހަށް ހިފެހެއްޓުމާއި އެ އެކްސިޑެންޓް ރިޕޯޓް ނުކުރި މީހަކު ޖޫރިމަނާ ކުރުމެވެ. ދެ ވަނަ އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް އެއް އަހަރާއި ހަ މަސް ދުވަހަަށް ހިފަހައްޓާފައި ވާއިރު ތިން ވަނަ އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް އެއް އަހަރަށް ވަނީ ހިފަހައްޓައިފަ އެވެ.
ބްރިޖާ ގުޅިފައިވާ ހައިވޭގައި ހަރުކޮށްފައިވާ ޑިވައިޑަރުތައް ފަސް އެކްސިޑެންޓެއްގައި ހަލާކުވެފައިވެ އެވެ. އެންމެ ފަހުން ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް ޑިވައިޑާގެ ބައެއް ވަނީ ހަލާކުވެފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު "މިހާރު" އަށް ވިދާޅުވީ، މިހާރު ބަހައްޓާފައި ހުރި ޑިވައިޑާތަކުގެ ބަދަލުގައި ރަނގަޅު ޑިވައިޑާތަކެއް ބެހެއްޓުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮންކްރީޓުން ޑިވައިޑާތައް ހެދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީހަކު މަރުވިއްޔާ ނޫނީ ހަމަ ފިޔަވަޅެއް ނޭޅެނީތަ؟!
މަރާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލައިފި
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވުމުން ވެސް މަޑުނުކުރި
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ބްރިޖް ފެންސްގައި ޖެހި އެކްސިޑެންޓުވެ ހާލު ސީރިއަސް
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
މީހަކު މަރުވި އެކްސިޑެންޓުގެ މައްސަލަ ހައިކޯޓަށް