Roadha Mihaaru
ރަހީނުކުރި މައްސަލައިގައި ފަޒީލަށް ދައުވާކުރަން ޕީޖީއަށް

މީހަކު ރަހީނުކުރި މައްސަލައިގައި ފަޒީލަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 ޖޫން 2019

ލ. ގަމުން މީހަކު ރަހީނުކުރި މައްސަލައިގައި އިބްރާހިމް ފަޒީލްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ގަމުން މީހަކު ރަހީނުކުރި މައްސަލައިގައި އިބްރާހިމް ފަޒީލްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަޒީލަށް ދައުވާ ކުރަން ފޮނުވީ މީހަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅުނު މައްސަލައިގައި ކަމަށެވެ. އެ ތުހުމަތުގައި ފަޒީލް ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ.

އުމުރުން 44 އަހަރުގެ ފިރިހެނަކު މިދިޔަ މެއި މަހުގެ ތެރޭގައި ރަހީނުކޮށް، އޭނާގެ އަތުން 8900ރ. ފޭރުމަށް ފަހު ދޫކޮށްލީ އެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭނާ އަށް ބިރުދެއްކި މައްސަލައިގައި ފަޒީލާ އެކު ތިން މީހަކު ކުރިން ހައްޔަރުކުރި އެވެ. ފަޒީލް ހައްޔަރުކުރީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށެވެ.

ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު އަައިމިނަތު ޝިމާ ނާފިޒާއެކު ދަތުރުގައި ބައިވެރިވި ފަޒީލަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ޝިމާ ގެއްލުނު މައްސަލައިގައި އޭނާ ހައްޔަރެއް ނުކުރެ އެވެ. އެކަމަކު ފަހުން ޝިމާގެ ކޮއްކޮއަކުު ގޮވައިގެން މާމެންދޫން އިތުރު ދެ ފިރިހެނަކާ އެކު ދަތުރުކުރަނިކޮށް ކަނޑުމަތިން ހުއްޓުވައި އޭނާ ހައްޔަރުކުރި އެވެ.

ރަހީނުކުރި މައްސަލައެއްގައި ދައުވާކުރަން ޕީޖީއަށް ފޮނުވިއިރު، ފަޒީލަށް މީގެ ކުރިން ވެސް އެކި ދައުވާތައް ކޮށްފައި ވެ އެވެ. އޭގެ ތެރެއިން 2011 ވަނަ އަހަރު ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށާއި 2012 އަދި 2016 ވަނަ އަހަރު ވައްކަމުގެ ދެ މައްސަލައެއް ހިމެނެ އެވެ. ޣައިރު ގާނޫނީ އެއްވުމަކުން އަމާން ނަގާލުމުގެ ކުށުގެ ދައުވާއެއް 2012 ގައި، އޭނާގެ މައްޗަށް އުފުލި އެވެ.