ސިނަމާލޭ ބުރިޖާ ގުޅިފައި އޮންނަ ހައިވޭގެ މެދުގައި ބަހައްޓާފައި ހުރި ޑިވައިޑާތަކުގައި ވެހިކަލްތައް ޖެހިގެން އެކި ހިސާބުތަކުން މިހާރު ވަނީ ޑިވައިޑާތައް ފުނޑުވެފަ އެވެ. މިކަމަށް ހައްލެއް ހޯދަން އެޗުޑީސީން ގެންގުޅޭ ވިސްނުމާ މެދު އާންމުންގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ.
17 ޖޫން 2019
ސިނަމާލޭ ބުރިޖާ ގުޅިފައި އޮންނަ ހައިވޭގެ މެދުގައި ބަހައްޓާފައި ހުރި ޑިވައިޑާތަކުގައި ވެހިކަލްތައް ޖެހިގެން އެކި ހިސާބުތަކުން މިހާރު ވަނީ ޑިވައިޑާތައް ފުނޑުވެފަ އެވެ. މިކަމަށް ހައްލެއް ހޯދަން އެޗުޑީސީން ގެންގުޅޭ ވިސްނުމާ މެދު އާންމުންގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ.
އެޗްޑީސީން ނިންމާފައިވަނީ ޑިވައިޑާތައް ކޮންކްރީޓުން ހެދުމަށެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވި ގޮތުގައި އެގޮތަށް ނިންމީ މިހާރު ހުރި ޑިވައިޑާތަކަށް ވުރެ ވަރުގަދައަށް އެ ބައި ހަދަން ފުލުހުން އެންގުމުންނެވެ.
އެޗްޑީސީގެ މި ނިންމުމާ އެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ކޮންކްރީޓް ޑިވައިޑާތަކެއްގެ ސަބަބުން ދެން ނުކުމެދާނެ ހިތާމަވެރި ހާދިސާތައް ފާހަގަކޮށެވެ.
ހައިވޭގެ ޑިވައިޑާތައް ކޮންކުރީޓުން ހަދަނީ އެކްސިޑެންޓްތަކުގައި މީހުން މަރު ނުވެގެންތަ؟ އެ ހަލާކު ކުރާމީހުން އަތުން ލާރިނަގައިގެން މަރާމާތު ކޮށްބަލަ. މީހުންގެ ފުރާނައަށް ގެއްލުންވާނެކަން އެނގިހުރެ އެހެން ހެދުމަކީ މަށަށް ހީވަނީ ކުށެއްހެން. ކަރަންޓް ދަތުރަ އާއި ހުރި ތަފާތަކީ ކޮބާ؟
— ali.sulaiman ?M ? (@AliSulaimanu) June 16, 2019
ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިޔާ އަލީ ސުލައިމާން ކޮށްފައިވާ ޓްވީޓެއް---
"އަސްލު މައްސަލައަށް ހައްލެއް ނުގެނެސް ޑިވައިޑާތައް ދަގަނޑުން ހެދިޔަސް ހައްލެއް ނާންނާނެ. ދެން އިތުރުވެގެންދާނީ މީހުން އެކްސިޑެންޓްތަކުގައި ޗިސްޗިސް ވެގެންދާ މައްސަލަ. މަށަށް ފެންނަ ގޮތަކީ ބާ ޓައިރުން ފާރެއް ރޭނުން،" އެޗުޑީސީގެ ހަބަރަށް ކޮމެންޓްކުރި މީހަކު ހިޔާލުފާޅުކުރި އެވެ.
ބޭރު ގައުމެއްގެ ހައިވޭއެއްގެ ޑިވައިޑާ ކޮންކްރީޓުން ހަދާފައި
ދުނިޔޭގެ ގިނަ ގައުމުތަކުގައި ހައިވޭތަކުގައި ޑިވައިޑާތައް ހަދާފައި ހުންނަނީ ދަގަނޑާއި ކޮންކްރީޓް ބޭނުންކޮށްގެންނެވެ. ރޭސް ޖަހާ ޓްރެކްތައް ފަދަ ތަންތަނުގައި ޓައިރުން ޑިވައިޑާތައް ހުރެ އެވެ.
ބްރިޖާ ގުޅޭ ހައިވޭގެ ޑިވައިޑާތައް ފުނޑުފުނޑުވެފައި ވަނީ މުޅިން ވެސް ބާރު ސުޕީޑުގައި ދުއްވައިގެންނެވެ.
This is a dumb move! Concrete dividers thakuga juneema dhuvvan inna meehaa ah libey gehlun boduvaane! Haradhu kuda vaane. Ekamaku libey gehlun boduvaane! I urge responsible authorities to do more realistic researches before doing this! https://t.co/O6iSW1HwHh
— Ahmed Ismail From Modives (@Ahmed_Ismail_) June 16, 2019
ރަނގަޅު ދިރާސާއެއް ހެދުމަށް ގޮވާލައި މީހަކު ކޮށްފައިވާ ޓްވީޓެއް--
ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ ދުވެލި މަޑުކުރުމަށް ފިޔަވަޅު އެޅުން މާ މުހިންމު ކަމަށް ބުނެފަ އެވެ. އަސްލު ހައްލަކީ އެއީ ކަމަށް ވެސް އެމީހުން ދެކެ އެވެ.
"ތިޔަހެން ކޮންކްރީޓް ކުރީމާ ދެން ގެއްލުންވާނީ އެ އުޅަނދެއްގައި ތިބޭ މީހުންނަށް. ހައްލަކީ ރައްކާތެރިކަމާ އެކު ދުއްވުމާއި ސްޕީޑް ކުރާ މީހުން ބަލަން ކެމެރާ ހަރުކޮށް ގަވާއިދާ ޚިލާފުވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅައިގެން" އެކަކު ހިޔާލު ފާޅުކޮށްފައިވެ އެވެ.
ބޭރު ގައުމެއްގެ ހައިވޭއެއްގެ ޑިވައިޑާ ދަގަނޑުން ހަދާފައި
އެކްސިޑެންޓްތަކުގައި ހަލާކުވި ހައިވޭގެ ބައިތައް އަދި ރަނގަޅެއް ނުކުރެވެ އެވެ. އެޗްޑީސީން ބުނީ ލިބުނު ގެއްލުންތަކުގެ ބަދަލު ޑުރަވައިރުންގެ އަތުން ހޯދައިދޭން އެދިފައިވާނެ ކަމަށެވެ.
ޑިވައިޑާތައް ކޮންކްރީޓުން ހަދަނީ
ހުޅުމާލޭގައި ރަބަރު ބަމްޕަރުތަކެއް ހަރުކުރަނީ
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވުމުން ވެސް މަޑުނުކުރި
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ބްރިޖް ފެންސްގައި ޖެހި އެކްސިޑެންޓުވެ ހާލު ސީރިއަސް
ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ހައިވޭގެ ސޯލާޕެނަލްތަކުގައި ޖެހި ކާރަކަށް ގެއްލުންވެއްޖެ
އެކްސިޑެންޓުވީ ސިމެންތި ޓްރަކުގެ ބުރަކި ފެއިލްވެގެން
މަރުވީ ކާރެއް ނަގަންދިޔަ ފުލުހުންގެ ޕިކަޕްގައި ޖެހިގެން