ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލާފައި ހުރި މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެެވެ.
17 ޖޫން 2019
ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލާފައި ހުރި މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެެވެ.
މި މަޖިލީހުގައި އަލަށް އުފެއްދި، އިންސާނީ ހައްގުތަކުގެ ކޮމިޓީއަށް ބިޝާމް ހާޒިކުރަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 15 އަހަރަށް ޖަލަށް ލާން މީގެ ދެ އަހަރު ކުރިން މީހެއްގެ މައްޗަށް ކުރި ހުކުމެއް ހައި ކޯޓުން ބާތިލު ކުރީ މިދިޔަ ބުދަ ދުވަހެވެ.
ދެކުނުގެ އަތޮޅެއްގައި މި ހުކުމް ކުރީ ދޮންދަރިއަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގަ އެވެ. މެޖިސްޓްރޭޓް ކޯޓަކުން ކޮށްފައި އޮތް ހުކުމް ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ދައުވާ ލިބުނު މީހާ ދައުވާ އަށް އިންކާރު ކުރި ކަމުގައި ވިޔަސް، ކުށް ސާބިތުވާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ ދައުލަތުން ހުށަހެޅި ހެކިތަކުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.
ކުށްވެރިވި މީހާ ހައި ކޯޓުގެ އިސްތިއުނާފުގައި ބުނެފައިވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެކަށީގެންވާ ހެކި ނެތި ކަމަށެވެ. އަދި ހުކުމް ކުރުމުގައި، މީގެ ކުރިން ހައި ކޯޓުން ކޮށްފައިވާ ހުކުމަކާއި ގާނޫނު އަސާސީއާ ވެސް ހިލާފު ވެފައިވާ ކަމަށް އިސްތިއުނާފުކުރި މައްސަލައިގައި ބުނެފައިވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާ ގޮތުން، ކުށް ސާބިތުކުރުމުގައި ބެލެވޭނެ ކަމަށް އެ ގާނޫނުގައި ބުނާ ކަންކަމުގެ ތެރެއިން މަދުވެގެން ފަސް ކަމެއް ޝަރީއަތަށް ސާބިތުވާ ނަމަ އެއީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ، ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުވުން ކަމުގައި ބެލޭނެ އެވެ.
ނަމަވެސް، 15 އަހަރަށް ޖަލަށް ލި މީހާގެ މައްޗަށް ކުށް ސާބިތުކުރުމުގައި މި ހެކިތަކަށް ބަލާފައި ވަނީ ގާނޫނުގެ އެ މާއްދާ މާނަކުރުމާ ބެހޭ ގޮތުން ހައި ކޯޓުން 2016 ވަނަ އަހަރު ކޮށްފައިވާ ހުކުމަކާ ހިލާފަށް ކަމަށް ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ.
މީގެ އިތުރުން، ކުށް ސާބިތުކުރަން ހުށަހެޅި މެޑިކޯ ލީގަލް ކޭސް ރިޕޯޓުން ވެސް ޖިސްމާނީ އަދި ޖިންސީ ހާނީއްކައިގެ ނިޝާނެއް ފެންނަން ނެތް ކަމަށް ބަޔާނާކޮށްފައިވާ ކަމަށާއި ފެންނަން ހުރި ނިޝާންތަކަކީ ޖަރާސީމު އުފެދުމުގެ ސަބަބުން ވެފައި ހުރި ގޮތެއް ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު އިއްތިފާގުން ނިންމެވީ 15 އަހަރުގެ ޖަލު ހުކުމް ޝައުރީ، ގާނޫނީ އުސޫލުތަކާ ހިލާފުވާތީ ބާތިލް ކުރުމަށެވެ.
ބިޝާމް ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި
ޝަމީމްގެ ނަން ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި
ބިޝާމް ވަކިކުރުމުގެ މައްސަލަ އަށް ހުއްދަ ދީފި
ޕީޖީ ވަކިކުރަން ކޮމިޓީން ނިންމި ނިންމުން ބާތިލްކޮށްފި
އިތުބާރު ނެތަސް ބިޝާމް ވަކިކުރާކަށް ބޭނުމެއް ނުވޭ؟
ރިލްވާން ގެއްލުވާލި މައްސަލަ އިސްތިއުނާފެއް ނުކުރޭ
ނުފޫޒެއް ނެތް، އަމަލުކުރީ އުސޫލުތަކުގެ ތެރެއިން:ބިޝާމް
ބިޝާމް ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުކުރަނީ
ބަންދުކުރުމުގެ މިންގަނޑެއް ނެތުމީ ނުރައްކަލެއް: ނަޝީދު
ޕީޖީއަށް އައްބާސް އައްޔަންކުރަން ކޮމެޓީން ރުހުންދީފި