18 ޖޫން 2019
ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް އަންގައި ދިނުމަށް ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި 70 މަޝްރޫއު ވެސް އިންވެސްޓަރުން ބަލައިގަތް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް އަންގައި ދިނުމަށް ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި 70 މަޝްރޫއު ވެސް އިންވެސްޓަރުން ބަލައިގަތް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ފޯރަމް ނިންމުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން ފޯރަމުން ލިބިއްޖެ ކަމަށެވެ.
"އެންމެ ބޮޑަށް ފާހަގަވީ [ފޯރަމްގައި] ބައިވެރިވި މީހުންގެ ތަރުހީބު ލިބުން ސަރުކާރުގެ އޯޕަންނަސް [ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުން] އަށް. އަޅުގަނޑުމެން ފާހަގަކުރަން މިދިޔަ އަހަރު ތަކުގައި އިގުތިސާދު ހިންގާފައިވާ ގޮތުން މައްސަލަތަކެއް ހުރި ކަން. އަޅުގަނޑުމެން އެބަ ގަބޫލު ކުރަން ރާއްޖޭގެ ދަރަނީގެ މައްސަލަތައް ހުރި ކަން. އަދި މާލީ ނިޒާމު ހިންގުމުގައި ދަތިތަކެއް ހުރި ކަން. ރޭޓިންތައް ހުރީ އެންމެ ރަނގަޅު ފެންވަރުގައި ނޫން ކަން،" ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސޯދީ މައްސަލަތައް ސަރުކާރުން ގަބޫލުކުރާކަން ހާމަކުރައްވަމުން އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރޭޓިން ރަނގަޅު ވާނީ އިންވެސްޓްމެންޓްތައް އިތުރު ކޮށްގެންނެވެ. ޕާޓްނާޝިޕް ފޯރަމުން ބަދަހިވި ގުޅުމުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާ އަދި ބަނދަރާއި މަގުތައް ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ކާމިޔާބީއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަމީރު ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އޭނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރާއްޖެ އަށް އިންވެސްޓަރުން އައިސް އިންވެސްޓް ކުރުމުގައި ދަތިތަކެއް ހުރި އިރު އެ ކަންކަމަށް ހައްލު ގެންނައުމަށް ގާނޫނީ އޮނިގަނޑެއް ތައްޔާރު ކުރަން ފަށާފައިވާ ކަމަށެވެ.
ރާއްޖެ އަކީ ބޭރުގެ އިންވެސްޓަރުންނަށް ލުއިފަސޭހަ ތަނަކަށް ހެދުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމާއި އާބިޓްރީ ސެންޓަރެއް ގާއިމް ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރުގެ މުއާމާލާތްތައް ހާމަ ކުރުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށް އަމީރު ވިދާޅުވި އެވެ.
"ޕްލޭން ކުރެވިގެން، ކޯސްޓް ކުރެވިގެން މި ސަރުކާރުން މަސައްކަތް ކުރާނީ. ވަރަށް ރަނގަޅު ވާހަކަތަކެއް ކޮންމެ ބަޔަކަށް ވެސް ދެއްކިދާނެ،" އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޕާޓްނާޝިޕް ފޯރަމްގެ އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ރާއްޖެއާ މެދު ގެއްލިފައި އޮތް އިތުބާރު އަލުން ހޯދައި ދެވުމެވެ. ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން އެއް ވިސްނުމެއްގައި އެއް ތަސައްވުރެއްގައި މަސައްކަތް ކުރާ ކަން ބޭރުގެ ފަރާތްތަކުން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނިއުސް ބްރީފިން ގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޝާހިދު ވިދާޅުވި ގޮތުގައި، އެކުވެފައި އޮތް، އެއް އަޑަކުން ވާހަކަ ދައްކާ ސަރުކާރެއް މިހާރު ރާއްޖޭގައި އޮތް ކަމަށް ބޭރުގެ ފަރާތްތަކުން ގަބޫލުކުރި އެވެ.
"އިތުބާރު ލިބުމުން ފޮރިން އިންވެސްޓްމެންޓްތައް ރާއްޖެއަށް އަންނާނެ. ރާއްޖެ އަށް ލިބިފައިވާ އެހީތައް އަނބުރާ އަންނާނެ. އަޅުގަނޑުމެން މި ބޭނުންވާ ޖަޒީރާ ރާއްޖެ ހާސިލްވުމަށް މަގުފަހި ވެގެން ދިއުން،" އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީ އިސްނަގައިގެން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ހުށަހެޅި މަޝްރޫއުތަކުގެ އަދަދު އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރެވެ. ފޯރަމްގައި 35 ގައުމަކުން 130 މީހުން ބައިވެރިވި އެވެ.
އައްޑޫގެ ތަރައްގީއަށް އިންޑިއާއިން 200 މިލިއަން
ޕާޓްނާޝިޕް ފޯރަމްގައި ބޮޑު މަޝްރޫއުތަކެއްގައި ސޮއިކުރަނީ
އައިޓީއެފްސީން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ލޯނު
ތަރައްގީއަށް އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މުހިންމު
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"
އިންޑިއާގެ ދަރަނިން މި އަހަރު އާ މަޝްރޫއެއް ނުހިންގާނެ
"އާމްދަނީ އިތުރުވިޔަސް ހަރަދުތަކަށް ވަނީ ވާންވެފައި"
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ޕްރޮޖެކްޓްތައް ލަސްވާ ނަމަ މުވައްޒަފުން ވަކިކުރަނީ
މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ވިއްކަނީ