19 ޖޫން 2019
އަބުރު ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާކުރުމަކީ ވަކި ޗެނަލަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުރީ ކޮމިޝަންގެ މެމްބަރުން ހުށަހަޅައިގެންކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.
އަބުރު ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާކުރުމަކީ ވަކި ޗެނަލަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުރީ ކޮމިޝަންގެ މެމްބަރުން ހުށަހަޅައިގެންކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.
އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. އަދި ސަންގުޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ރާއްޖެ ޓީވީ ބަންދު ކުރުމަށް އެ ކޮމިޝަންގެ މެމްބަރުން މަސައްކަތް ކުރިކަން ވަނީ ހާމަވެފަ އެވެ.
2 Million Ruffiya ge joorimanaa ves RaajjeTv in dhakaiffi
The most trusted news source in the Maldives
Mihaaru
ރާއްޖެ ޓީބީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން---
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަހީބް ވިދާޅުވީ ވަކި ޗެނަލްތަކަކަށް އަމާޒުކޮށްގެން އެ ކޮމިޝަނުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެކަން ކުރީ އެކޮމިޝަންގެ މެމްބަރުން ހުށަހަޅައިގެން ކަމަށް ވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކަންކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށާއި އޭނާ އަމަލުކުރެއްވީ ކޮމިޝަނުގެ އަގުލަބިއްޔަތުން ނިންމި ނިންމުންތަކަށް ކަމަށް ޝަހީބް ވިދާޅުވި އެވެ.
"ހުރިހާ ޓީވީ ޗެނަލްތަކުން ދައްކާ އެއްޗިއްސަށް ބަލައިގެން ކޮމިޝަންގެ މެމްބަރުން އެކަމަށް އަމަލު ކުރަން ޖެހޭނީ. ވަކި ޓީވީ ޗެނަލެއް ބަލައިގެން އެ ޓީވީ ޗެނަލް ފަހަތުން ދުވުން އެއީ ހަމަ ވަރަށް ދެރަކޮށް ވެފައި އޮތް ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަހީބް ވިދާޅުވި އެވެ.
"އަބުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާފައި ވަނީ ވަކި ޗެނަލްތަކަކަށް އަމާޒުކޮށްގެން. މެމްބަރުން ހުށަހަޅައިގެން އެކަން ކޮށްފައި މިހިރީ،"
މަޖިލިސް ކޮމިޓީގައި ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުން: ނުފޫޒު ފޯރުވި ކަމަށް އެއްބަސްވި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެ ކަންކަން އެގޮތަށް ދިމާވީ އެ ކޮމިޝަންގެ މެމްބަރުންގެ އިހުލާސްތެރިކަމުގެ މައްސަލަ އިން ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ. އަދި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވާފައިވާކަމުގެ މައުލޫމާތު މިއަދު ލިބިވަޑައިގެންފައިިވާ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
ޝަހީބް ވިދާޅުވީ އޭނާ އަށް ވަކި ސިޔާސީ ނުފޫޒެއް ފޯރާފައިނުވާ ކަމަށެވެ. ގޯސްތައް ހެދުނުއިރު އިސްތިއުފާ ނުދެއްވީ ކީއްވެތޯ ސުވާލުކުރުމުން ޝަހީބް ވިދާޅުވީ އިސްތިއުފާ ދެއްވުމަކީ ހައްލު ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އިސްތިއުފާ ދިނުމަކީ ހައްލެއް ކަމަށް ގަބޫލެއް ނުކުރަން. އެހެން މީހެއް އައިސްގެން ވެސް އެހެން ކަންތައް ކުރާނީ. ކޮމިޝަނުން ނިންމާފައި ހުރި ނިންމުންތައް ނިންމީ ރަނގަޅަށް ކަމަށް ގަބޫލެއް ނުކުރަން،" ޝަހީބް ވިދާޅުވި އެވެ.
މިއަދު ކޮމެޓީގައި ބްރޮޑްކާސްޓިން ކޮމިޝަންގެ ބައެއް މެމްބަރުން ވަނީ އެއް މެމްބަރަކު އަނެއް މެމްބަރަށް ތުހުމަތު ވެސް ތުހުމަތުކޮށްފަ އެވެ. އެގޮތުން ޝަހީބުގެ ވާހަކަތަކަށް ރައްދު ދެއްވައި އެ ކޮމިޝަންގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު ވިދާޅުވީ ކަންކަން ރަނގަޅަށް ނުދާ ނަމަ ރިޔާސަތު ދޫކޮށްލުމުގެ ފުރުސަތު ޝަހީބަށް އޮތް ކަމަށެވެ.
އެ ކޮމިޝަންގެ މެމްބަރުންނަށް ސިޔާސީ ނުފޫޒު ފޯރާފައިވޭތޯ ވަކިވަކި މެމްބަރުންނާ ސުވާލު ކުރުމުން ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ސިޔާސީ ނުފޫޒެއް ނުފޯރާ ކަމަށެވެ. ނަމަވެސް ޒީނާ ޒާހިރު ވިދާޅުވީ ކުރީގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ގުޅުއްވައި ރާއްޖެ ޓީވީ ބަންދު ނުކުރަނީ ކީއްވެތޯ އޭނާއާ ސުވާލުކުރި ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ޖަވާބު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިސް މެމްބަރުން ގުޅުއްވައި ވަކިގޮތަކަށް އަމަލު ކުރުމަށް އަންގާފައިވާ ކަމަށް ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ އާއި ހަސަން ނަބާހު ވަނީ ކޮމިޓީގައި ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން މެމްބަރުންތަކެއް ކަމެއް ވިދާޅެއްނުވެ އެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގަމު ދާއިރާގެ މެމްބަރު، އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ވިދާޅުވީ އޭނާ އަކީ ރާއްޖެ ޓީވީގެ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަންޑުފޮށި ހިފައިގެން 110 ރަށަށް ދަތުރު ކުރި މީހެއް ކަމަށެވެ. މީގެ ކުރިން އެ ކޮމިޝަންގެ މެމްބަރުން އެ ނުފޫޒުތަކުގެ ވާހަކަ ނުދެއްކެވީ ކީއްވެގެންތޯ ސުވާލު އުފައްދަވައި ވިސާމު ވަނީ އެ ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެމްބަރުންގެ ވާހަކާގައި ވަނީ ބްރޮޑްކާސްޓިން ކޮމިޝަންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެ ކޮމެޓީން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ކޮމިޝަންގެ ނިންމުންތަކުގެ ތަފްސީލާއި ވޯޓު ދެއްވި ގޮތުގެ ތަފްސީލް އެ ކޮމިޓީ އަށް ފޮނުއްވުމަށް އަންގާފައިވެ އެވެ.
ޝަހީބުގެ މައްސަލާގައި ފުލުހުން ބަހެއް ނުބުނި
އެއް މިލިއަންގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި
ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި
ސޮފްވާނާއި ޒައިނާ ވަކިކުރަން ހުށަހަޅައިފި
ފުރައްސާރަކޮށް ބެނާ ދެމިޔަސް ކަންބޮޑެއް ނުވޭ: ފިޔާޒް
ދެ މިލިއަންގެ ޖޫރިމަނާ ވެސް ރާއްޖެޓީވީން ދައްކައިފި
ރާއްޖެ ޓީވީގެ ޖޫރިމަނާ މީރާ އަށް ދައްކަން އަންގައިފި
ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށެއް ނުދިން
ރާއްޖެ ޓީވީގެ ޖޫރިމަނާ ދެއްކުމަށް ފަންޑެއް ހުޅުވައިފި
ޖޫރިމަނާ ކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން