09 ސެޕްޓެމްބަރ 2018
ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނުން ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމުން އެ ފައިސާ މިއަދު މީރާއަށް ދައްކައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނުން ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމުން އެ ފައިސާ މިއަދު މީރާއަށް ދައްކައިފި އެވެ.
މިއީ ރާއްޖެ ޓީވީ ޖޫރިމަނާކުރި ފަސް ވަނަ ފަހަރެވެ. މިހާތަނަށް ދެއްކި ޖޫރިމަނާގެ އަދަދު 3.7 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ރާއްޖެޓީވީގެ އިސްވެރިން މިއަދު އެ ފައިސާ މީރާއަށް ގެންދިޔައީ ފައިސާ ހޯދުމަށް ހެދި ފަންޑު ފޮށިތަކުގަ އެވެ. އެއީ ފުޅިމަދު ފަސް ފޮއްޓާއި ލަކުޑި ދެ ފޮއްޓެކެވެ. ފޮށިތަކުގައި ފައިސާ ހުރީ 500 ރުފިޔާގެ ނޫޓުންނެވެ.
މީރާ ކުރިމަތީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ދެ މިލިއަން ރުފިޔާ އަކީ މީހުން ދިން އެހީ ކަމަށެވެ. ދިވެހި ރައްޔިތުންނާއި އެކި މީޑިއާތަކުގެ އިތުރުން ކުންފުނިތަކުން ބޮޑެތި އެހީތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސާ ހަވާލުކުރަން ގޮސް، ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެ ފައިސާ ހޯދުމަށް އެ ޓީވީން ބެހެއްޓި ފަންޑުފޮށިތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ އާންމުން ފައިސާ ހަދިޔާކުރި އެވެ. އަދި ރާއްޖެޓީވީން ޓީޝާޓް ވިއްކައިގެން ވެސް ފައިސާ ހޯދި ކަމަށް ފިޔާޒު ވިދާޅުވި އެވެ.
"ބްރޯޑްކާސްޓިން ކޮމިޝަނުން މިއަނިޔާވެރި ރޭވުން ރާވާފައި އަޅުގަނޑުމެން މީޑިއާގައި އަޑުކަނޑުވާލަން އިންތިހާބާ ދިމާކޮށްފައި އޮތަސް އެބޭފުޅުންނަށް ވަރަށް މުހިންމު މެސެޖެއް އެބަ ލިބިދޭ،" ފިޔާޒު ވިދާޅުވި އެވެ.
Raajje tv ge joorimanaa dhekkumuge muhdhathu ithuru koh nudheveyne: Broadcasting commission
The most trusted news source in the Maldives
Mihaaru
ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އެންގުން--
"ދިވެހި ރައްޔިތުން މިނިވަންކަމާއެކު މިފަންޑަށް ފައިސާ ލަމުން ދިއުމުން އަންގައިދެނީ ދިވެހި ރައްޔިތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުން ބަލައިނުގަންނަކަން،"
ކުށެއްކޮށްފި ނަމަ އަޅާ ފިޔަވަޅު ބަލައިގަންނާނެ ކަމަށާއި ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން "ހަމައެއް ލަމައެއްނެތް" ކަމަށް ފިޔާޒު ވިދާޅުވި އެވެ. އަދި އެއީ ރާއްޖެ ޓީވީން އިންތިހާބުގެ ކަވަރޭޖް ގެނެސް ދިނުމަށް ހުރަސް އަޅަން ސަރުކާރުގެ ރޭވެމެއްގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް ފިޔާޒު ތުހުމަތުކުރެއްވި އެވެ.
ރާއްޖެ ޓީވީގެ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން ފޮށިތަކުގައި މީރާ އަށް ގެންދަނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ބްރޯޑްކާސްޓިން ކޮމިޝަނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ފިޔާޒު ވިދާޅުވީ އެ ކޮމިޝަންގެ ރައީސް އަދި ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން ދިވެހި ތާރީހުގައި އެބޭފުޅުންގެ ނަން ކަޅުއަކުރުން ލިޔެވިގެންދާނެ ކަމަށެވެ.
ދެ މިލިއަން ރުފިޔާ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގުމާ ގުޅިގެން ރާއްޖެ ޓީވީން ވަނީ އެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ނަމަވެސް، ގާނޫނުގައިވާ ގޮތުން، މައްސަލަ ބަލައިގަނެވޭނީ ޖޫރިމަނާ ދެއްކުމުން ކަމަށް ވާތީ ސިވިލް ކޯޓުން އެ މައްސަލައެއް ބަލައެއް ނުގަތެވެ.
މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭގޮތަށް ހަދާފައިވާ އަބުރުގެ ގާނޫނު ބުނާގޮތުން ކުރާ ޖޫރިމަނާ އިސްތިއުނާފު ކުރެވޭނީ ފައިސާ ދެއްކުމަށް ފަހުގަ އެވެ.
Joorimanaa kuree Inthihaabuge Coverage ah huras alhan: Raajje Tv
The most trusted news source in the Maldives
Mihaaru
ޖޫރިމަނާ ކުރީ ކަވަރޭޖަށް ހުރަސް އަޅަން ކަމަށް ރާއްޖެ ޓީވީން ބުނުން--
ރާއްޖެ ޓީވީގެ ގާނޫނީ ވަކީލް ނިޝާން އިބްރާހިމް ވިދާޅުވީ އެ ޓީވީ ސްޓޭޝަން ޖޫރިމަނާ ކުރި ސަބަބު ސާފުކޮށްދީފައި ނުވާތީ ދެން އެކަން ސާފުކުރާނީ ކޯޓު މެދުވެރިކޮށް ކަމަށެވެ. ރާއްޖެޓީވީ ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން ދައްކާފައިވާ ފައިސާތައް އަނބުރާ ރާއްޖެޓީވީން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު ފައިސާ ދެއްކުމުން ސްލިޕް ލިބޭނެ. މަސައްކަތް ކުރާނީ އެންމެ ލަސްވެގެން މާދަމާ ޝަރީއަތަށް މައްސަލަ ވެއްދޭތޯ،" ނިޝާން ވިދާޅުވި އެވެ.
މީގެ ހަތް އަހަރު ކުރިން އުފެއްދި ޓީވީ ސްޓޭޝަން، އަބުރުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރު ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު ވެސް އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އޭގެ ފަހުން ވެސް ބޮޑު އަދަދުތަކުން ޖޫރިމަނާކުރި އެވެ.
އެއް މިލިއަންގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި
ސޮފްވާނާއި ޒައިނާ ވަކިކުރަން ހުށަހަޅައިފި
ޖޫރިމަނާކުރީ ވަކި ޗެނަލަކަށް އަމާޒުކޮށްގެން: ޝަހީބް
ޝަހީބުގެ މައްސަލާގައި ފުލުހުން ބަހެއް ނުބުނި
ރާއްޖެ ޓީވީގެ ޖޫރިމަނާ މީރާ އަށް ދައްކަން އަންގައިފި
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ގައިދީންގެ އިންޓަވިއު ނުގެންނަން އެންގުމުން ކޯޓަށް
ރާއްޖެ ޓީވީ 2،000ރ. އިން ޖޫރިމަނާކޮށްފި
ޝަހީބަށް ދައުވާ ކުރަން ރާއްޖެ ޓީވީން ނިންމައިފި
ރާއްޖެ ޓީވީ ފަންޑަށް ދެ މެމްބަރަކު 100،000ރ.