Roadha Mihaaru

ޑިއުޓީ ކަނޑާލާ ތެޔޮ ގަތުމާއި ސަޕްލައިކުރުމަށް ފުރުސަތު ހުޅުވާލައިފި

ޑިއުޓީ ނުނަގާ ރާއްޖެ އެތެރެކުރާ ޑީސަލް ގަތުމަށާއި އެ ތެޔޮ ސަޕްލައިކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ޑިއުޓީ ނުނަގާ ތެޔޮ ގަތުމާއި ސަޕްލައިކުރަން ހުޅުވާލައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

19 ޖޫން 2019

ޑިއުޓީ ނުނަގާ ރާއްޖެ އެތެރެކުރާ ޑީސަލް ގަތުމަށާއި އެ ތެޔޮ ސަޕްލައިކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މަސްވެރިކަން ކުރާ އުޅަނދުތަކުން ގަންނަ ތެލުން އިމްޕޯޓް ޑިއުޓީ ކަނޑާލެވޭ ގޮތަށް ސަރުކާރުން ގާނޫނަށް ހުށަހެޅި އިސްލާހު ކުރިން އޮތީ ފާސްކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން، އެ ޕްރޮގްރާމްގެ ދަށުން ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ މަސްވެރިކަން ކުރުމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށެވެ. އެހެންވެ، އެކަމުގެ ލައިސަންސް ނެގުމަށް ފަހު އެޕްލިކޭޝަން ހުށަހެޅުމަށް އިއުލާނުގައި އެދިފައިވެ އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އުޅަނދުތަކަށް ޑީސަލް ދޫކުރުމުގައި ބައިވެރިވާން ބޭނުންވާ ސަޕްލަޔަރުން ވެސް އެކަމަށް އެދޭ ފޯމް މިނިސްޓްރީ އަށް ހުށަހަޅަން ވަނީ އެދިފަ އެވެ.

އިއުލާނުގައިވާ ގޮތުން އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯން އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެޕްލިކޭޝަން ޓެސްޓް ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ކުރާނެ އެވެ. އެ އެޕްލިކޭޝަން ޓެސްޓް ކުރުމަށް ފަހު، އެ ޕްރޮގްރާމްގެ ދަށުން ޑީސަލް ދޫކުރަން އާންމުކޮށް ހުޅުވާލާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.