އިސްތަންބޫލް (ޖޫން 20) - ކުރީގެ ރައީސް މުހައްމަދު މުރްސީ ކޯޓަށް ހާޒިރުކޮށްފައި ހުންނަވަނިކޮށް އަވަހާރަވެގެން ވެއްޓުނު މައްސަލާގައި މިސްރު ސަރުކާރާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓެއްގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
20 ޖޫން 2019
އިސްތަންބޫލް (ޖޫން 20) - ކުރީގެ ރައީސް މުހައްމަދު މުރްސީ ކޯޓަށް ހާޒިރުކޮށްފައި ހުންނަވަނިކޮށް އަވަހާރަވެގެން ވެއްޓުނު މައްސަލާގައި މިސްރު ސަރުކާރާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓެއްގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ވެރިކަން ޖުލައި 3، 2013 ގައި އަސްކަރީ ބަޣާވާތަކުން ވައްޓާލުމުގައި އިސްކޮށް ހުންނެވީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އެވެ.
"މުހައްމަދު މުރްސީ ކޯޓުގައި 20 މިނިޓް ވަންދެން ތުރުތުރު އަޅާ ކަހަލަ ގޮތަކަށް ހުންނެވި އިރު ވެސް އެމަނިކުފާނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވޭ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ މުރްސީ އަވަހާރަވީއެއް ނޫނޭ. އެމަނިކުފާން އަވަހާރަކޮށްލީއޭ،" އިސްތަންބޫލްގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އުރުދުޣާން ވިދާޅުވި އެވެ. "މި މައްސަލަ އަށް ވާގޮތް ތުރުކީން ބަލަމުން ގެންދާނަން. މުރްސީގެ މަރުގެ މައްސަލަ ބައިނަލްއަގުވާމީ ކޯޓެއްގައި ކުރިއަށް ގެންދަން ތުރުކީ އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން."
އުރުދުޣާން ވަނީ މި މައްސަލާގައި ފިޔަވަޅު އެޅުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ވެސް ގޮވާލައްވައިފަ އެވެ.
އުރުދުޣާން ކުރިން ވަނީ މުރްސީ އަކީ ޝަހީދެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މުރްސީ އަވަހާރަވީ ގުދުރަތީ މަރަކުން ނޫން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
މުރްސީ އަވަހާރަވި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އދ. އިން ވެސް ވަނީ ގޮވާލައިފަ އެވެ. ރައްދުގައި މިސްރުން ބުނެފައި ވަނީ އދ. އިން އުޅެނީ މުރްސީގެ މަރު ސިޔާސީ ކުރަން ކަމަށެވެ.
އިންތިޚާބަށް ފަހު އުރުދުޣާންގެ ފުރަތަމަ ދަތުރު މިސްރަށް
އުރުދުޣާންގެ ވާދަވެރިޔާގެ ޖަލު ހުކުމަށް 2430 އަހަރު
ޣައްޒާގެ ސުލްހަޔަށް ހަތަރު ގައުމަކުން ޖާމިނުވެއްޖެ
ތުރުކީން 30 ބިލިއަން ޑޮލަރުގެ ގޭހުގެ ރިޒާވެއް
އުރުގާންގެ ވާދަވެރިޔާއަށް ޓެރަރިޒަމްގެ ތުހުމަތު
ސީރިއާގައި ޓެރަރިސްޓުންނަށް ޖާގައެއް ނެތް: އުރުދުޣާން
ތުރުކީގެ ލޯކަލް އިންތިހާބުން އުރުދުގާނަށް ބޮޑު ބައްޔެއް
ތުރުކީގައި އިޒްރޭލަށް ޖާސޫސްކޮށްދޭ ބަޔަކު ހައްޔަރު
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން