އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން އިއާދަކުރުމުގެ ގޮތުން، ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިސްރަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން އިއާދަކުރުމުގެ ގޮތުން، ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިސްރަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ދެ ގައުމުގެ ދެމެދުގައި އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް ތުރުކީ ވިލާތާއި މިސްރުން އެއްބަސްވީ، މިއަހަރުގެ ކުރީކޮޅުން ފެށިގެން ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި މަޝްވަރާތަކުގަ އެވެ. އެކަމަށް އެއްބަސްވުމަށް ފަހު، މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިދިޔަ ހޯމަ ދުވަހުގެ ރޭ ފޯނުން މަޝްވަރާ ކުރައްވައި، ދެގައުމުގައި އެމްބަސީ ހުޅުވައި ސަފީރުން ފޮނުވުމަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
އުރުދުޣާން މިސްރަށް މި ކުރައްވާ ދަތުރަކީ، މި މަހުގެ 28 ވަނަ ދުވަހު ތުރުކީގައި އޮތް ރިއާސީ އިންތިޚާބު، 52 ޕަސެންޓްގެ އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމަށް ފަހު، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިސްރުގެ ޚާރިޖީ ވަޒީރު ސާމިހް ޝުކުރީ އާއި ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޝާވީޝް އޯގްލޫ، މާޗް 18، 2023 ގައި މިސްރުގެ ގާހިރާގައި ބައްދަލުކުރައްވަނީ. --އޭއެފްޕީ
މިސްރުގެ ރިއާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އުރުދުޣާން ވަރަށް އަވަހަށް މިސްރުގެ ވެރިރަށް ގާހިރާއަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ ދަތުރުފުޅުގެ ތާރީޚެއް މިސްރުން ނުދެ އެވެ. މިސްރަށް ކުރައްވާ ދަތުރުފުޅު ނިންމެވުމަށް ފަހު، ގަލްފުގެ ބައެއް ގައުމުތަކަށް ވެސް އުރުދުޣާން ވަޑައިގަންނަވާނެ ކަމަށް މިސްރު ސަރުކާރުން ބުންޏެވެ.
އުރުދުޣާން އާއި ސީސީ ގާހިރާގައި ބާއްވާ ބައްދަލުވުން ވެގެން ދާނީ، ނޮވެމްބަރު 2022ގައި ގަތަރުގެ ވެރިރަށް ދޯހާގައި ދެ ބޭފުޅުން ބައްދަލުކުރެއްވި ފަހުން، ބާއްވާ ފުރަތަމަ ބައްދަލުވުމަށެވެ. އެ ފަހަރު ދެ ބޭފުޅުން ބައްދަލުކުރެއްވީ ގަތަރުގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.
މިސްރާ އެކުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ތުރުކީ ވިލާތުން ކަނޑައިލީ، 2013 ވަނަ އަހަރު މިސްރުގެ ސިފައިން ގެނައި އިންގިލާބެއްގައި އެ ގައުމުގެ އޭރުގެ ރައީސް މުހައްމަދު މުރުސީގެ ސަރުކާރު ވައްޓާލައި އޭނާ ހައްޔަރުކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. މުރުސީއަކީ، މިސްރުގައި އޮންނަ އިޚްވާނުލް މުސްލިމީން (އިސްލާމިކް ބްރަދަހޫޑް) ޖަމާއަތުގެ ލީޑަރެވެ. ރައީސް އުރުދުޣާން ނިސްބަތްވާ އަދާލަތު ޕާޓީ އާއި އިޚްވާނުލް މުސްލިމީން އަކީ ވަރަށް ގުޅުން ބޮޑު ދެ ޕާޓީ އެވެ.
ތުރުކީ ވިލާތުން ގުޅުން ކަނޑައިލުމާއެކު މިސްރު ސަރުކާރުން އޭރު ބުނެފައިވަނީ ތުރުކީ ވިލާތަކީ ހަރުކަށިކަމަށް ހިތްވަރުދޭ ގައުމެއް ކަމަށެވެ. ސަބަބަކީ، ރައީސް އުރުދުޣާންގެ އަދާލަތު ޕާޓީ އާއި، މުރުސީގެ ވެރިކަމުގެ ކުރީގަ އާއި އޭގެ ފަހުން މިސްރުގައި މަނާކޮށްފައި އޮންނަ އިޚްވާނުލް މުސްލިމީން ޖަމާއަތާ ދެމެދު އޮންނަ ގާތް ގުޅުމެވެ.
ތުރުކީ ވިލާތުން ގުޅުން ކަނޑައިލިތާ 10 އަހަރު ފަހުން، މިއަހަރުގެ ތެރޭގައި ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ތަފާތު ބައްދަލުވުންތައް ބާއްވައި، އެއް ގައުމުން އަނެއް ގައުމަށް ސަފީރުން އަލުން ފޮނުވުމަށް ނިންމީ، މިދިޔަ މަހުގެ ތެރޭގައި ދެ ގައުމުގެ ޚާރިޖީ ވަޒީރުން ކުރެއްވި މަޝްވަރާތަކުގަ އެވެ.
ރައީސް އުރުދުޣާން، ވެރިކަމުގެ އާ ދައުރަކަށް ހޮވިއްޖެ
ތުރުކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފެށިއްޖެ
އުރުދުޣާން އަށް އިތުރު ދައުރެއްގެ މަގު ތަނަވަސްވެއްޖެ
ތުރުކީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް
އާލާސްކަންފުޅަށް ފަހު އުރުދުޣާން ކެމްޕެއިނަށް
ސްވިޑްން ނޭޓޯއަށް ވައްދަން އެހީވާނެކަމަށް ހީނުކުރާތި
ސަރަހައްދީ ދަތުރެއްގައި ސައޫދީ ވަލީ އަހުދު މިސްރަށް
ފިންލޭންޑާއި ސްވިޑްން ނޭޓޯއަށް ވައްދަން ތުރުކީ ދެކޮޅު
އުރުދުޣާން ސައޫދީ އަރަބިއްޔާގައި
އުރުދުގާން އާއި ބައިޑެން މަޝްވަރާ ކުރައްވައިފި