Roadha Mihaaru
ހަނދަށް ދިއުން މުހިންމެއް ނޫން

އެމެރިކާ މީހުން ދެކެނީ ހަނދަށް ދިއުން މުހިންމު ނޫން ކަމަށް

23 ޖޫން 2019

ހަނދަށް ދިއުމަށް ވުރެ، ބޮލަށް އެއްޗެއް ވެޓިދާނެ ކަމަށް އެމެރިކާ މީހުން ގަންނަ ބިރު ބޮޑެވެ. އެ މީހުން އެދެނީ ހަނދަށް ދިއުން ފަސްކޮށްފައި، ގިނިހިލަތަކުން ސަލާމަތްކޮށްދިނުމެވެ. މާސް އަށް ދިއުމަކީ މުޅިން އެހެން ވާހަކައެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ހަނދަށް ދިއުމަށް ވުރެ، ބޮލަށް އެއްޗެއް ވެޓިދާނެ ކަމަށް އެމެރިކާ މީހުން ގަންނަ ބިރު ބޮޑެވެ. އެ މީހުން އެދެނީ ހަނދަށް ދިއުން ފަސްކޮށްފައި، ގިނިހިލަތަކުން ސަލާމަތްކޮށްދިނުމެވެ. މާސް އަށް ދިއުމަކީ މުޅިން އެހެން ވާހަކައެވެ.

އެމެރިކާ މީހުން ހަނދަށް ދިޔަ ކަމަށް ބުނާ ދަތުރަށް 50 އަހަރު ފުރެނީ އެވެ. އަލުން ހަނދަށް ގޮސް އައުމަށް ނާސާ އިން ކުރާ މަސައްކަތްތަކަށް، އެމެރިކާ މީހުންގެ ތަރުހީބު ބޮޑުވެދާނެ ކަމަށް ހީވި ނަމަވެސް، އެކަން އޮތީ އެ ގޮތަކަށް ނޫނެވެ. ހަނދަށް ދިއުމަށް ވުރެ އެ މީހުން މަރުވާން މެދުވެރިވެދާނެ ހާދިސާތަކަށް އޮތް ފިކުރު މާ ބޮޑެވެ. މަތިން އަންނަ ބޮޑު ގަލެއް ދުނިޔެ އަށް މުޑި އަރައި އާބާދީ ޗިސްވެދާނެތީ ގަންނަ ބިރު ނުހަނު ބޮޑެވެ. މިކަހަލަ ކިތަންމެ ހާދިސާއަކަށް ހޮލީވުޑް ފިލްމުތައް ހަދާފައި ހުރިއިރު، އެ މީހުންނަށް މިކަން ވެފައި ވަނީ ތަހަންމަލުކުރަން ޖެހިފައި އޮތް ބޮޑު ވޭނަކަށެވެ.

ދުނިޔެއާ ދުރު ނޫން ހިސާބެއްގައި ހަނދު ހަރުލާފައި ހުންނަ ހުރުމަކީ ބިރުގަން ވަރުގެ ކަމެއް ނޫނެވެ. ހަނދު ނައްޓައިގެން އައިސް ދުނިޔޭގައި ޖެހުމަށް އޮތް ފުރުސަތަށް ވުރެ، ޖައްވީ ބިތްތައް ފޫއަޅުވަމުން އަންނަ ކޮމެޓެއް ދުނިޔެ ތޮރުފާލުން އެއީ މަރުން ސަލާމަތްވާން ބުއްދިވެރި ހާދިސާއެއް ކަމަށް ފިލްމުތަކުން ދައްކުވައިދެ އެވެ. އެމެރިކާ މީހުން ތާއަބަދު ތިބެހީ މި ކަހަލަ ފިކުރުތަކުގަ އެވެ. މަތި ބަލަބަލަ އެވެ.

ޖައްވީ ހޯދުންތަކަށް އަދި ދަތުރުފަތުރަށް ނާސާ އަށް ދީފައި ހުރި ފައިސާތައް ބޭކާރުނުކޮށް، ގިނިހިލަތަކަށް ބެލުމަށް ޚަރަދަކުރުން މުހިންމު ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ހަނދަށް ދިޔުމަކީ ވެސް އެންމެ ރަނގަޅު ކަމެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް، މާސް އަށް ދިޔުމަށް ނުރުހޭ މީހުން ވަރަށް ގިނަ އެވެ.

ނާސާއިން ކުރާ މަސައްކަތްތަކާ މެދު އާންމުން ކޮންމެ ގޮތަކަށް ދުށް ނަމަވެސް، ނާސާ އޮތީ ހަނދަދިޔުން ހުއްޓާލާ ގޮތަކަށް ނޫނެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި، މާސް އަށް ދިއުމަށްޓަކައި ފުރަތަމަ ކުރަން އޮތް މަސައްކަތަކީ ހަނދަށް ދިޔުމެވެ. އެ މީހުން ބުނަނީ 2024 ގައި، ފަހަރެއްގައި، ހަނދަށް ދަތުރެއްކުރަން ޖެހިދާނެ ކަމަށެވެ.