25 ޖޫން 2019
ޕަބްޖީގެ ޖާދޫގައި ޖެހިފައި ތިބި ދޭން އޮތީ އުފާވެރި ޚަބަރެކެވެ. އާންމުކޮށް ފޯނުން ކުޅޭ މި ގޭމްގެ ތަންކޮޅެއް ލުއި ވާޝަނެއް ގެނެސްދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ނަމަކީ "ޕަބްޖީ ލައިޓް ބެޓްލްގްރައުންޑްސް" އެވެ. މީގެ އެންމެ ބޮޑު ތަފާތަކަށް ވާނީ މޮބައިލް ފޯންގެ ބަދަލުގައި ކޮމްޕިއުޓަރެއްގައި ގޭމް ކުޅެވޭނެ ކަމެވެ. އެހެން ގޮތަކަށް ސިފަކުރާ ނަމަ "ޕަބްޖީ ލައިޓް ބެޓްލްގްރައުންޑް" އަކީ ބީޓާ ވާޝަނެކެވެ.

ގްރެފިކްސް ކާޑާއި މަތީ ރޭމް ނެތް ކޮމްޕިއުޓަރުތަކުގައި ވެސް މި ވާޝަން ކުޅެވޭނެ އެވެ.
އަންނަ މަހު މި ގޭމް ނެރޭނެ ކަމަށް ބެލެވޭ އިރު، މީގެ ޕްރީ-ރެޖިސްޓްރޭޝަނަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ލިންކަށް ވަދެލައިގެން lite.pubg.com ރަޖިސްޓްރީކޮށްލެވޭނެ އެވެ.
އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕްރި-ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެއާ އެކު، ސާކްގެ ހުރިހާ ގައުމެއް ހިމެނެ އެވެ. މީގެ އިތުރުން ޔޫރަޕާއި ލެޓިން އެމެރިކާ، އެފްރިކާ އަދި މެދުއިރުމަތީގައި ވެސް ގޭމަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އެވެ.
ޕަބްޖީ ކޯޕަރޭޝަން ބުނި ގޮތުގައި ކުރީ ބައިގައި "ޕަބްޖީ ލައިޓް ބެޓްލްގްރައުންޑް" އަށް ރަޖިސްޓްރީކުރާ މީހުންނަށް އީމެއިލަކުން އަންނަ މަހުގެ 11 ގައި އިވެންޓް ކޯޑް ނަމްބަރު ފޮނުވައި ދޭނެ އެވެ. ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް އޮންނާނެ އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި "ޕަބްޖީ ލައިޓް ބެޓްލްގްރައުންޑް" އާންމުކޮށް ނެރޭނެ ރަސްމީ ތާރީހެއް އަދި ކަށަވަރު ނުވިޔަސް، މި ގޭމް މިއަދު (ޖޫން 25 ގައި) ރަސްމީކޮށް ލޯންޗް ކުރާނެ އެވެ.
ބަދަލުތަކަކާ އެކު ޕަބްޖީ އަލުން އިންޑިއާ އަށް
ޕަބްޖީގެ އާ ގޭމެއް މޮބައިލް ވާޝަނަށް
އިންޑިއާގެ ވީޑިއޯ ގޭމް "ފައު-ޖީ" ނެރެފި
އިންޑިއާގެ "ފައު-ޖީ" ނެރުން 26 ގައި
އިންޑިއާގެ "ފައު-ޖީ" ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
އިންޑިއާގެ ވީޑިއޯ ގޭމް "ފައު-ޖީ"ގެ ޕްރޮމޯއެއް
ޕަބްޖީން ޗައިނާގެ ޓެންސެންޓް ދޫކޮށްލައިފި
ޕަބްޖީގެ ބަދަލުގައި އިންޑިއާ އަށް ފައު-ޖީ
އިންޑިއާގައި ޕަބްޖީ މަނާކޮށްފި
ޕަބްޖީ ކުޅެން ކާފަގެ ޕެންޝަނުން ދެ ލައްކަ ރުޕީސް