Roadha Mihaaru
ޕަބްޖީގެ އާ ގޭމެއް މޮބައިލް ވާޝަނަށް

ޕަބްޖީގެ އާ ގޭމެއް މޮބައިލް ވާޝަނަށް

27 ފެބުރުއަރީ 2021

ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕަބްޖީން އެ ގޭމްގެ މޮބައިލް ވާޝަނަށް ހާއްސަކޮށްގެން އާ ގޭމެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕަބްޖީން އެ ގޭމްގެ މޮބައިލް ވާޝަނަށް ހާއްސަކޮށްގެން އާ ގޭމެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އެންޑްރޮއިޑްގައި މިހާރު ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ގޭމްގެ ނަމަކީ "ޕަބްޖީ: ނިއު ސްޓޭޓް" އެވެ. މި ގޭމް ވަރަށް އަވަހަށް ޕްރި-އޯޑަރަށް ވެސް ހުޅުވާލަން ނިންމާފައިވާ އިރު، ޕަބްޖީން ބުނީ އައިއޯސް ބޭނުންކުރާ މީހުންނަށް ރަޖިސްޓްރޭޝަނަށް ހުޅުވާލާ ތާރީހު ފަހުން އަންގާނެ ކަމަށެވެ.

ކުޅުންތެރިން ޝައުގުވެރިވާނެ އެތައް ކަމަކާއި އެތައް ފީޗާއެއް ހިމަނައިގެން ނެރޭ "ޕަބްޖީ: ނިއު ސްޓޭޓް" އަކީ "ޓްރޮއި" ކިޔާ ދުނިޔެއަކާ އެކު 2051 ގެ އަހަރުތަކުގެ ތެރެއަށް ކުޅުންތެރިން ގެންގޮސްދޭނެ ގޭމެކެވެ.

"ޕަބްޖީ: ނިއު ސްޓޭޓަކީ" ޕަބްޖީ ކުޑައިގެ ދަށުން ގެނެސްދޭ ތިން ވަނަ ގޭމެވެ. އެކަމަކު ކުރީގެ ގޭމްތަކާ ހިލާފަށް އާ ގޭމަކީ ސީދާ ޕަބްޖީ ސްޓޫޑިއޯގެ ދަށުން ގެނެސްދޭ އެއްޗެކެވެ. ޕީސީ ވާޝަނަށް ހާއްސަކޮށްގެން ނެރުނު "ޕްލެޔާޒް އަންނޯންސް ބެޓްލްގްރައުންޑް" އަކީ އަކީ ވެސް އޭގެ ދަށުން ނެރުނު ގޭމެކެވެ. ޕަބްޖީ ސްޓޫޑިއޯ އިން ދޭ ޔަގީން ކަމަކީ އާ ގޭމަކީ މޮބައިލް ވާޝަނަށް ހާއްސަ އެއްޗަކަށް ވިޔަސް އޭގެ ކޮލިޓީ ވަރަށް ވެސް ރަނގަޅުވާނެ އެވެ. އެގޮތުން އޭގެ ގްރެފިކް އަސްލު މަންޒަރުތަކާ ވަރަށް އެއްގޮތްވާނެ ކަމަށާއި މަަސައްކަތްކުރަނީ ވެސް ވީހާ "ރިއަލިސްޓިކްކޮށް" ގޭމްތައް ގެނެސްދޭން ކަމަށް ބުންޏެވެ.

"ޕަބްޖީ: ނިއު ސްޓޭޓަކީ" ނެރެން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ. އެއާ އެކު ގޭމްގެ އަލްފާ ޓެސްޓިންއަކަަށް ދާނެ ކަމަށް ވެސް ޕަބްޖީން ބުންޏެވެ.