Roadha Mihaaru
އިސްލާމީ ޔުނިވަސިޓީގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް

އިސްލާމީ ޔުނިވަސިޓީގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅައިފި

24 ޖޫން 2019

އިސްލާމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިސްލާމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު އެ އިސްލާހު ހުށަހެޅުއްވި ސަބަބަކީ މިހާރު ގާނޫނު އޮތް ގޮތުން އިސްލާމީ ޔުނިވަސިޓީއަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމެވެ. އަދި ގައުމީ ޔުނިވަސިޓީ އާއި އިސްލާމީ ޔުނިވަސިޓީގެ ހިންގުން ވީހާ ވެސް އެއްގޮތް ކުރަން ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ޔުނިވަސިޓީގެ އިސް ވެރިންގެ ގޮތުގައި ހިމެނެނީ ޔުނިވަސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރު އަދި ޑެޕިއުޓީ ވައިސް ޗާންސެލަރުންނެވެ. އެމީހުންގެ ތެރެއިން ޗާންސެލަރާއި ވައިސް ޗާންސެލަރު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިސްލާހުގައިވެ އެވެ. އެކަމަކު ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަންކޮށް ވަކިކުރާނީ ޔުނިވަސިޓީގެ މަޖިލިހުން ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ޑެޕިއުޓީ ޗާންސެލަރުންގެ މަގާމަށް މީހުން އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ޗާންސެލަރާއި ވައިސް ޗާންސެލަރުގެ މުއްދަތަކީ ފަސް އަހަރެވެ. އެކަމަކު ޑެޕިއުޓީ ޗާންސެލަރުންގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ޔުނިވަސިޓީގެ މަޖިލިހުން ކަމަށް އާ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ޔުނިވަސިޓީގެ މަޖިލިސް އެކުލެވިގެންވާ އަދަދު އިތުރު ކުރަން ވެސް އިސްލާހުގައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ މަޖިލިސްގައި ތިބޭނީ 13 މެމްބަރުންނެވެ. އެކަމަކު އިސްލާހުގައިވާ ގޮތުން އެ މަޖިލިހުގައި ތިބޭ މެމްބަރުންގެ އަދަދު 19 އަށް ބަދަލުވާނެ އެވެ.

އިސްލާމީ ޔުނިވަސިޓީގެ މަޖިލިހު އެކުލެވިގެންވަނީ މަގާމުގެ ހައިސިއްޔަތުން ހިމެނޭ ދެ މެމްބަރަކާއި މަތީ ތައުލީމާ ބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ އަށް މެމްބަރާއި އިންތިހާބު ކުރާ އަށް މެމްބަރުންނާއި ޔުނިވަސިޓީ މަޖިލިހަށް ފެނިއްޖެ ހިނދެއްގައި މަޖިލިހުން ކަނޑައަޅާ މުއްދަތަށް ޔުނިވަސިޓީ މަޖިލިހަށް އައްޔަން ކުރާ އެކެކެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުން ވަނީ ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް މަޖިލިހަށް ހުށަހަޅައިފަ އެވެ.