Roadha Mihaaru
އިސްލާމިކް ޔުނިވާސިޓީގައި އާ ފެކަލްޓީއަކާއި ސެންޓަރެއް

އިސްލާމިކް ޔުނިވާސިޓީން އާ ފެކަލްޓީއަކާއި ސެންޓަރެއް އުފައްދަން ނިންމައިފި

11 ޑިސެމްބަރ 2018

އިސްލާމިކް ޔުނިވާސިޓީގައި އާ ފެކަލްޓީއަކާއި ސެންޓަރެއް ގާއިމް ކުރަން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމިކް ޔުނިވާސިޓީގައި އާ ފެކަލްޓީއަކާއި ސެންޓަރެއް ގާއިމް ކުރަން މިއަދު ނިންމައިފި އެވެ.

އެ ޔުނިވާސިޓީން ބުނީ، އަންނަ އަހަރު ކިޔަވައި ދިނުމަށްޓަކައި އަލަށް އުފައްދަނީ ފެކަލްޓީ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް އާއި ސެންޓަ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން ކަމަށެވެ.

ސެންޓަ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން ވެގެން ދާނީ މިހާރު ހިންގަމުންދާ ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒް އާއި ލެންގުއޭޖް ލާނިން ސެންޓަރު އެއްކޮށް އެކުލަވައިލާ ސެންޓަރަކަށް ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނިގޮތުގައި އަލަށް އުފެއްދި ފެކަލްޓީގެ މަގްސަދަކީ މިހާރު އެ ޔުނިވާސިޓީގައި ހިންގަމުންދާ އިސްލާމިކް ފައިނޭންސްގެ ކޯސްތަކާއި މެނޭޖްމަންޓް ދާއިރާ އާއި ބިޒްނަސް ދާއިރާގެ ކޯސްތައް ފަރުމާކޮށް، ހިންގުމެވެ. އެ ފެކަލްޓީ އުފެއްދުމަކީ 2020 ވަނަ އަހަރާ ހަމައަށް އެ ޔުނިވާސިޓީން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް ޕްލޭންގައި ވެސް ހިމެނޭ ކަމެއް ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ، އަލަށް އުފެއްދި ފެކަލްޓީ އޮފް އިކޮނޮމިކްސް އެންޑް ބިޒްނަސް މެނޭޖްމަންޓް ސްޓަޑީޒް އިން ހިންގާނެ ކޯސްތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.