Roadha Mihaaru
މަގުމަތިން ޖަލުއޮފިސަރަށް ހަމަލަދިންމީހާ ހައްޔަރު ނުކުރޭ

މާފުށީގެ މަގުމަތިން ޖަލު އޮފިސަރަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

26 ޖޫން 2019

މާލެއިން މާފުއްޓަށް ދިޔަ ގްރޫޕަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ބަލަހައްޓާ ޖޫނިއާ އޮފިސަރަކަށް އެ ރަށުގެ މަގުމަތިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެއިން މާފުއްޓަށް ދިޔަ ގްރޫޕަކުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ބަލަހައްޓާ ޖޫނިއާ އޮފިސަރަކަށް އެ ރަށުގެ މަގުމަތިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.

މާފުށީ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅޭ އެ އޮފިސަރަށް ހަމަލާ ދިނުމުން އޭނާގެ މޫނުމަތި ފެޅުނެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކަރެކްޝަނަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގުރޫޕަކުން ހިންގި އެ މާރާމާރީ އާއި މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިންގައިގެން އުޅޭ ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާދިނުމުން އެކަން ކޮންޓްރޯލް ކުރަންދިޔަ އޮފިސަރުންތަކެއް ގައިދީންތަކަކަށް އަނިޔާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.