Roadha Mihaaru
އެމެރިކާގެ ފިއްތުންތަކަށް އީރާން ބޯނުލަނބާނެ: ޚާމަނާއީ

އެމެރިކާގެ ފިއްތުންތަކަށް އީރާން ބޯނުލަނބާނެ: ޚާމަނާއީ

27 ޖޫން 2019

ތެހެރާން (ޖޫން 27) - އެމެރިކާ އިން ކިތަންމެ ޕްރެޝަރެއް ކުރިމަތި ކުރިއަސް އީރާނުން ބޯނުލަނބާނެ ކަމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖޫން 27) - އެމެރިކާ އިން ކިތަންމެ ޕްރެޝަރެއް ކުރިމަތި ކުރިއަސް އީރާނުން ބޯނުލަނބާނެ ކަމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

"އީރާނުން ވަނީ މިނިވަން ކަމާއި އިހްތިރާމް އަދި ތަރައްގީ ހޯދާފައި. އެހެންވެ އަދާވާތްތެރިން އީރާނަށް ޕްރެޝަރު ކުރަމުން ދަނީ. އެއިން ކުރާނެ އަސަރެއް ނޯންނާނެ،" ތެހެރާންގައި ގިނަ އަދަދެއްގެ ބަޔަކާ މުޚާތަބް ކުރައްވާ ދެއްވި ތަގްރީރުގައި ޚާމަނާއީ ވިދާޅުވި އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ބަހުގެ ހަމަލާތައް ހޫނުވެފައިވާ ދުވަސްވަރެއްގައި ޚާމަނާއީ ވިދާޅުވީ ދުނިޔޭގެ އެންމެ މަކަރުވެރި ގައުމުން އީރާނުގެ މައްޗަށް ދޮގު އެތައް އިލްޒާމެއް އަޅުވާ ކަމަށެވެ. މިފަދަ ކަންކަމާ އީރާން ފަހަތަށް ނުޖެހޭނެ ކަމަށް ޚާމަނާއީ ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އިން މި ހަފުތާގައި އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް ވަނީ ޚާމަނާއީ ހަދައިފަ އެވެ. މި ފިޔަވަޅުތަކުގެ ދަށުން އެމެރިކާއާ ގުޅުން އޮޮންނަ މާލީ އިދާރާތަކުން އެއްވެސް މުއާމަލާތެއް ހިންގުން ވަނީ ހުއްޓުވައިފަ އެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ޚާމަނާއީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެމެރިކާގެ މޮޔަކަން ކަމަށެވެ. ސަބަބަކީ ޚާމަނާއީގެ އެއްވެސް މުދަލެއް ގައުމުން ބޭރުގައި ނުހުންނާނެތީ އެވެ.

ޚާމަނާއީ އަކީ ވޭތުވެދިޔަ 30 އަހަރު ތެރޭ ގައުމުން ބޭރަށް ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ޚާމަނާއީ އެންމެ ފަހުން ގައުމުން ބޭރަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި 1989 ވަނަ އަހަރު ޗައިނާ އަށެވެ.