28 ޖޫން 2019
މެނީލާ (ޖޫން 28) - މަގާމުން ދުރުކުރަން އުޅޭ އިދިކޮޅު ކޮންމެ މީހަކު ޖަލަށްލާނެ ކަމުގެ އިންޒާރު ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވައިފި އެވެ.
މެނީލާ (ޖޫން 28) - މަގާމުން ދުރުކުރަން އުޅޭ އިދިކޮޅު ކޮންމެ މީހަކު ޖަލަށްލާނެ ކަމުގެ އިންޒާރު ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވައިފި އެވެ.
ފިލިޕީންސްގެ ގާނޫނު އަސާސީއާ ޚިލާފަށް އެތައް ކަމެއް ކުރެއްވުމުގެ އިތުރުން ލާއިންސާނީ އަނިޔާދޭ ކަމުގެ ތުހުމަތު އެޅިފައިވާ ޑުޓާޓެގެ ސަރުކާރަށް ބައިނަލްއަގުވާމީ ގޮތުން ވެސް ވަނީ އެތައް ފާޑުކިޔުމެއް އަމާޒުވެފަ އެވެ. އެހެންވެ ފިލިޕީންސް ސަރުކާރާ ދެކޮޅު ފަރާތްތަކުން ވެސް ދަނީ ޑުޓާޓެ ވެރިކަމުން ދުރުކުރަން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ.
"އަޅުގަނޑު މަގާމުން ދުރުކުރުން؟ އެކަން ކުރަން އުޅޭ ބަޔަކު ޖަލަށްލާނަން. އެކަން ކޮށްބަލަ. އަޅުގަނޑުގެ ބައި އަޅުގަނޑު ކުރާނަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑުޓާޓެ ވިދާޅުވި އެވެ. "ގޮންޖަހާފައި މިދަންނަވަނީ އަޅުގަނޑު މަގާމުން ދުރުކޮށްބަލަ. އަޅުގަނޑު ލައްވާ ކަލޭމެން ޖަލަށް ލާން ނޫޅޭ."
އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ފިލިޕީންސް ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ.
ޑުޓާޓެ އަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނީ ފިލިޕީންސްގައި ޑްރަގު ވިޔަފާރި ކުރާ މީހުން މެރުމަށް އެންގުމުންނެވެ.
ކުށްކުރާ މީހުން މަރަން ޓީމެއް ގެންގުޅުނިން: ޑުޓާޓޭ
ފިލިޕީންސްގެ ރައީސް ކަމަށް ރައީސްގެ ދަރިކަނބަލުން
ފިލިލީންސްގެ ބޮކްސިން ތަރި މެނީ ރިޔާސީ ރޭހަށް
ސްކޫލްތައް ހުޅުވާނީ ވެކްސިނެއް ލިބުނު ދުވަހަކުން:ޑުޓާޓެ
ފިލިޕީންސްގެ ރައީސްގެ ހަށިކޮޅުގައި އަތްލުން މަނާ!
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިވެއްޖެ
މެއިޑް ގައިގައި "އަތްލުމުން" ޑުޓާޓެ އަށް ފާޑުކިޔުން
ޑުޓާޓެގެ އަވަހާރަފުޅުގެ ސަބަބުން ބައްދަލުވުންތައް ކަޓަނީ
ޑުޓާޓެ އަށް ފާޑުވިދާޅުވާ ސެނެޓުގެ މެންބަރު ހައްޔަރު ކުރަނީ
ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ހުއްޓުމެއް ނެތް: ޑުޓާޓެ