10 މާޗް 2020
މެނީލާ (މާޗް 9) - ކޮރޯނާވައިރަސް ފެތުރެމުންދާތީ އެކަމުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެޔޮއެދޭ ފަރާތްތަކުން ސަލާމް ކުރުމުގެ ގޮތުން ނަމަވެސް ފިލިޕީންސްގެ ރައީސްގެ ހަށިކޮޅުގައި އަތްލުން އެމަނިކުފާނުގެ ބޮޑީގާޑުން މަނާކޮށްފި އެވެ.
މެނީލާ (މާޗް 9) - ކޮރޯނާވައިރަސް ފެތުރެމުންދާތީ އެކަމުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެޔޮއެދޭ ފަރާތްތަކުން ސަލާމް ކުރުމުގެ ގޮތުން ނަމަވެސް ފިލިޕީންސްގެ ރައީސްގެ ހަށިކޮޅުގައި އަތްލުން އެމަނިކުފާނުގެ ބޮޑީގާޑުން މަނާކޮށްފި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑު އިރު ޑުޓާޓެގެ އުމުރަކީ 74 އަހަރުކަމުން އެމަނިކުފާނަށް ބަލީގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ސަލާމަތީ ފަރާތްތަކުން ބުނެ އެވެ.
"ޕީއެސްޖީ (ޕްރެޒިޑެންޝަލް ސެކިއުރިޓީ ގްރޫޕް) އިން ވަނީ އާއްމުންނާއި ރައީސްއާ ދެމެދު ކުރާ އެއްވެސް މުއާމަލާތެއްގައި ރައީސްގެ ހަށިކޮޅުގައި އަތްނުލުމުގެ ސިޔާސަތެއް ތަންފީޒް ކުރަން ފަށާފައި،" ގްރޫޕުގެ ކޮމާންޑަރު ޖެސުސް ޑުރާންޓެ ވިދާޅުވި އެވެ. "ރައީސް ޑުޓާޓެއާ ކައިރިވެވޭނީ ވެސް ވަރަށް ބޮޑަށް އެ މީހަކު ސްކްރީން ކުރުމަށް ފަހު."
ފިލިޕީންސް އިން މިހާތަނަށް ވަނީ 20 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން ޕޮޒިޓިވްވީ އިއްޔެ އެވެ.
ޑުޓާޓެ ވަނީ އެމަނިކުފާނުގެ ސިއްހީ މައްސަލަތައް ހުންނަކަން އަމިއްލަފުޅަށް އިއުލާން ކުރައްވައިފަ އެވެ. ސިއްޖީ އެހެން މައްސަލަތައް ހުންނަ މީހުންނަސް ވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑެވެ.
ކުށްކުރާ މީހުން މަރަން ޓީމެއް ގެންގުޅުނިން: ޑުޓާޓޭ
ފިލިޕީންސްގެ ރައީސް ކަމަށް ރައީސްގެ ދަރިކަނބަލުން
ފިލިލީންސްގެ ބޮކްސިން ތަރި މެނީ ރިޔާސީ ރޭހަށް
ސްކޫލްތައް ހުޅުވާނީ ވެކްސިނެއް ލިބުނު ދުވަހަކުން:ޑުޓާޓެ
މަގާމުން ދުރުކުރަން އުޅޭ މީހުން ޖަލަށްލާނަން: ޑުޓާޓެ
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިވެއްޖެ
މެއިޑް ގައިގައި "އަތްލުމުން" ޑުޓާޓެ އަށް ފާޑުކިޔުން
ޑުޓާޓެގެ އަވަހާރަފުޅުގެ ސަބަބުން ބައްދަލުވުންތައް ކަޓަނީ
ޑުޓާޓެ އަށް ފާޑުވިދާޅުވާ ސެނެޓުގެ މެންބަރު ހައްޔަރު ކުރަނީ
ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ހުއްޓުމެއް ނެތް: ޑުޓާޓެ