Roadha Mihaaru
ސްމާޓްފޯން އުފެއްދުން އަގުބޮޑުވެދާނެ

ސްމާޓްފޯނަށް ބޭނުންވާ ބައެއް މާއްދާތައް ސައުތު ކޮރެއާ އަށް ވިއްކުން ހަރުކަށިކުރަނީ

02 ޖުލައި 2019

ސްމާޓްފޯން އަދި މައިކްރޮޗިޕް އުފައްދަން ބޭނުންކުރާ ބައެއް މާއްދާތައް، ސައުތު ކޮރެއާ އަށް ވިއްކުން ދަތިކުރާނެ ކަމަށް ޖަޕާނުގެ ޓްރޭޑް މިނިސްޓްރީން ބުނެފި އެވެ. އޭގެ ތެރޭގައި ސްމާޓްފޯން ޑިސްޕްލޭ އުފައްދަން ބޭނުންކުރާ މާއްދާތައް ވެސް ހިމެނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯން އަދި މައިކްރޮޗިޕް އުފައްދަން ބޭނުންކުރާ ބައެއް މާއްދާތައް، ސައުތު ކޮރެއާ އަށް ވިއްކުން ދަތިކުރާނެ ކަމަށް ޖަޕާނުގެ ޓްރޭޑް މިނިސްޓްރީން ބުނެފި އެވެ. އޭގެ ތެރޭގައި ސްމާޓްފޯން ޑިސްޕްލޭ އުފައްދަން ބޭނުންކުރާ މާއްދާތައް ވެސް ހިމެނެ އެވެ.

ޖަޕާނުން ސައުތު ކޮރެއާ ދެކެ ރުޅިއަރައިގަނެގެން އުޅެނީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިނގައި ދިޔަ ހާދިސާތަކެއްގެ ސަބަބުންނެވެ. ސައުތު ކޮރެއާ އިން ބުނާ ގޮތުގައި ޖަޕާނުން ވަނީ ދެވަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ސައުތު ކޮރެއާ މީހުން ލައްވައި، ޖަޕާނުގެ ފެކްޓަރީތަކުގައި ބުރަ މަސައްކަތްކުރުވައިފަ އެވެ. އަދި ގިނަ ވަގުތު މަސައްކަތްކުރުމަށް އެ މީހުންނަށް މަޖުބޫރުކުރުވައިފަ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، ގުޅުން ބަދަހިކުރި އިރު، މި ފަދަ މައްސަލަތަކާ މެދު ދެ ގައުމުން ވަކި ގޮތެއް ގަބޫލުކުރެވުނު ކަމަށް ހީކުރެވުނު ކަމަށް ޖަޕާން ބުނެ އެވެ. ނަމަވެސް، ސައުތު ކޮރެއާ އިން ވަނީ މި މައްސަލަތައް އަލުން ބަލައި ބަދަލުދިނުމަށް ޖަޕާނަށް ގޮވާލާފަ އެވެ. ސައުތު ކޮރެއާގެ ސްޕްރީން ކޯތުން އަރުމު ނެރުނު ފެކްޓަރީތަކުގެ ތެރޭގައި "ނިޕޯން ސްޓީލް އެންޑް ސުމިމޮޓޯ މެޓަލް ކޯޕަރޭޝަން" އަދި "މިޓްސޫބިޝީ ހެވީ އިންޑަސްޓްރީޒް" ހިމެނެ އެވެ.

ޖަޕާނުން ލިބެން ހުރި މާއްދާތައް ސައުތު ކޮރެއާ އަށް ވިއްކުން ދަތިކޮށްފި ނަމަ، ބެލެވޭ ގޮތުގައި، ސްމާޓްފޯންތަކުގެ އަގަށް ބަދަލު އައުން އެކަށީގެންވެ އެވެ. ސްމާޓްފޯން ޑިސްޕްލޭ އުފައްދަން ބޭނުންވާ މާއްދާތައް ހިފަހައްޓައިފި ނަމަ، މިއީ އެޕަލް އަށް ވެސް ހިތާމަވެރި ޚަބަރަކަށް ވާނެ އެވެ. ޑިވައިސްތައް އުފައްދަން ހިނގާ ޚަރަދު ބޮޑުވުން އެޕަލް އަށް މިހާރު ވެސް ވެފައި ވަނީ ބޮޑު ބުރައަކަށެވެ. އަދި މިއީ ސެމްސަންް، އެލްޖީ ފަދަ ކުންފުނިތަކުން ވިސްނަންޖެހޭ ވަރުގެ ކަމަކަށް ވެދާނެ ކަމަށް ވެސް ބެލެވެ އެވެ.