Roadha Mihaaru
ބާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

ބާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

02 ޖުލައި 2019

ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ އަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ އަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

ބާ ކައުންސިލަށް ކުރިމަތިލާން އެދޭ ފޯމާ އެކު އީސީން ކުރި ޓްވީޓެއްގައި ބުނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ޖުލައި ފަހަކާ ހަމައަށް (އަންނަ ހޮނިހިރު ދުވަހާ ހަމައަށް) ހުޅުވާލާފައިވާ ކަމަށެވެ.

އެ އިންތިހާބު ބާއްވާނީ ޖުލައި 13 ގައި ކަމަށް އީސީން އިއްޔެ ބުންޏެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ރައީސް ތަސްދީގު ކުރެއްވި ގާނޫނީ ފަންނުގެ ބިލުގައިވާ ގޮތުން އެ ގާނޫނު ތަސްދީގު ކުރާތާ 21 ދުވަސް ތެރޭގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރަން ޖެހެ އެވެ.