Roadha Mihaaru
ބާ ކައުންސިލްގެ ރައީސް ކަމަށް ސުއޫދު ވާދަކުރައްވަނީ

ބާ ކައުންސިލްގެ ރައީސް ކަމަށް ސުއޫދު ވާދަކުރައްވަން ނިންމައިފި

01 ޖުލައި 2019

ބާ ކައުންސިލްގެ ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވާދަ ކުރައްވަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބާ ކައުންސިލްގެ ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވާދަ ކުރައްވަން ނިންމައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އިންތިޚާބު މިމަހު 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާ ކައުންސިލްގެ ރައީސް ކަމަށް އޭނާ ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. މިއީ އެ ކައުންސިލްގެ މަގާމަކަށް ކުރިމަތިލާނެ ކަން އިއުލާން ކުރެއްވި ފުރަތަމަ ވަކީލެވެ.

ސުއޫދުގެ ޓްވީޓް

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.