ޔޫއޭއީގެ ގައުމީ އެއާލައިން އެމިރޭޓްސް އިން ވައިގެ ދަތުރުފަތުރުގައި އަބަދުވެސް ތަފާތު ދައްކަ އެވެ. މިފަހަރު ރެކޯޑް ހެދީ ބިޔަ އެއާބަސް އޭ380 ގެ އެންމެ ކުރު ކޮމާޝަލް ދަތުރުންނެވެ.
04 ޖުލައި 2019
ޔޫއޭއީގެ ގައުމީ އެއާލައިން އެމިރޭޓްސް އިން ވައިގެ ދަތުރުފަތުރުގައި އަބަދުވެސް ތަފާތު ދައްކަ އެވެ. މިފަހަރު ރެކޯޑް ހެދީ ބިޔަ އެއާބަސް އޭ380 ގެ އެންމެ ކުރު ކޮމާޝަލް ދަތުރުންނެވެ.
މިދިޔަ ހޯމަ ދުވަހު ދުބާއީން އޮމާންގެ ވެރިރަށް މަސްކަޓަށް އެއާބަސް އޭ380 މަރުކާގެ ބޯޓްގައި ފެށި ދަތުރުގެ ދިގުމިނަކީ އެންމެ 40 މިނެޓެވެ. މިއީ މިވަރުގެ ބޯޓެއް ސާފުކުރަން ހޭދަކުރާ ވަގުތަށް ވުރެ ފަސް އެންމެ ފަސް މިނެޓް އިތުރު މިންވަރެކެވެ. ދަތުރުގައި ކަޑައްތު ކުރަނީ 340 ކިލޯމީޓަރެވެ.
The wiring on an @Airbus A380 (500km) is longer than the distance between Dubai and Muscat (340km). #ShortestA380Flight #FlyEmiratesFlyBetter pic.twitter.com/d6kTfDlGKw
— Emirates Airline (@emirates) July 1, 2019
މިދިޔަ ހޯމަ ދުވަހު ފެށި މި ދަތުރުތަކަށް، ބޮޑު ޑިމާންޑެއް ވެސް އެބަ އޮތެވެ.
The average flight time (40 minutes) between Dubai and Muscat is only 5 minutes more than the time taken to clean an @Airbus A380 by a team of 42 people. #ShortestA380Flight #FlyEmiratesFlyBetter pic.twitter.com/evb4GSzHIO
— Emirates Airline (@emirates) July 1, 2019
ދުވާލަކު ދެ ދަތުރު ދުބާއީން މަސްކަޓް އިންޓަނޭޝަނަލް އެއާޕޯޓް (އެމްސީޓީ) އަށް ބާއްވަން މިހާރު ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުތައް ރޭވިފައިވާ ގޮތަށް ބަލާއިރު އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް މިހާރު ތާވަލުކޮށްފައިވާ ގޮތަށް ދަތުރުތައް ބާއްވާނެ އެވެ.
Today we made history by launching the world’s #ShortestA380Flight between Dubai and Muscat. Join us in celebrating the 349 kilometre journey with our shortest inaugural flight video ever (3.49 seconds). @Airbus @DXB @OmanAirports #FlyEmiratesFlyBetter pic.twitter.com/2wKdJBxMNR
— Emirates Airline (@emirates) July 1, 2019
އެމިރޭޓްސްއަކީ 1993 އިން ފެށިގެން އޮމާނަށް ދަތުރު ކުރަމުން އަންނަ އެއާލައިނެކެވެ.
އެގޮތުން މިހާރު ވެސް ދުވާލަކު ތިން ދަތުރު ބޮއިން 777-300ER މަރުކާގެ ބޯޓްފަހަރުގައި ދަތުރުތައް އަންނަނީ ކުރަމުންނެވެ. މެދުއިރުމަތީގެ އެންމެ މަގުބޫލު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސްއަކީ މި ވަގުތު ދުނިޔޭގެ 150 އަށް ވުރެ މަންޒިލަކަށް ދަތުރު ކުރަމުން އަންނަ އެއާލައިނެކެވެ.
އުންމާނާއި އެމިރޭޓްސް ރޭލު ދަތުރުން ގުޅާލަނީ
ޔޫކޭ ރެޑް ލިސްޓުން ނެގުމުން "ދުނިޔޭގެ އެންމެ އުހަށް"
ފަސް އަހަރު ފަހުން ގަލްފް ކްރާފްޓްގެ ބޮޑު އުޅަނދު ހަގީގަތަކަށް
އެމިރޭޓްސްގެ ފައިދާ މިދިޔަ އަހަރު 21ޕަސެންޓަށް މަތިވި
ދުބާއީގެ ދެ އެއާޕޯޓެއްގައި ޕްލާސްޓިކް މަނާ
އެމިރޭޓްސް ވެސް ޕްލާސްޓިކާ ދެކޮޅަށް
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ދުބާއީގައި އަޅަނީ
"ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި
"ރަސްމާލެ" އިން އިންގިލާބީ ތަރައްގީ ފެންނާނެ:ރައީސް