Roadha Mihaaru
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ

ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވުމުގެ ތައްޔާރީތައް އެބަވޭ: އާސަންދަ

29 މެއި 2024

އާސަންދަ މެދުވެރިކޮށް ޔޫއޭއީ އާއި ތައިލެންޑަށް ބޭހަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އާސަންދަ މެދުވެރިކޮށް ޔޫއޭއީ އާއި ތައިލެންޑަށް ބޭހަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމެކެވެ.

ތައިލެންޑާއި ޔޫއޭއީ އިން ވެސް ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އާސަންދައިން ވަނީ މިދިޔަ ޖެނުއަރީ މަހު ބުނެފަ އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ ޔޫއޭއީ އާއި ތައިލެންޑަށް ދިވެހިންނަށް ބޭހަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް ސްރީލަންކާ އަދި އިންޑިއާ އަށް ބަރޯސާ ނުވެ އެހެން ގައުމުތަކަށް ފޮނުވޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް ވެސް ޒީނިޔާ ވިދާޅުވި އެވެ.

"ވިސްނުމަކީ ދިވެހިން ގިނައިން ދަތުރުކުރާ ގިނަ ގައުމުތަކުން، މިހާރަށްވުރެ ރަނގަޅު ހިދުމަތްތަކެއް ލިބޭ ކަހަލަ ތަންތަން ހޯދައި އެ ތަންތަނަށް ފޮނުވުން،" އޭނާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު، އާސަންދައަކީ "ހަމައެކަނި ވަކި ދިމާއެއްގައި" އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ، އެ އަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވި އެވެ.