07 ޖުލައި 2019
އެމެރިކާގައި މިހާރު ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރާ، އަރުޖުން ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ބައްދަލުކޮށްފި އެވެ.
އެމެރިކާގައި މިހާރު ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރާ، އަރުޖުން ކަޕޫރާއި އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ބައްދަލުކޮށްފި އެވެ.
ނިއު ޔޯކަށް ދެ މީހުން ކުރާ ދަތުރުގެ ތެރެއިން ރިޝީ އާއި އަންހެނުން ނީޓޫއާ އެކު ނެގި ފޮޓޯއެއް މަލައިކާ އާއި ރިޝީ އާއި އޭނާގެ އަންހެނުން ނީޓޫ ވެސް އިންސްޓަގްރާމާއި ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުން މަހުން ފެށިގެން ރިޝީ ނިއު ޔޯކްގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިރު، އެމެރިކާ އަށް މި ފަހުންދާ މަޝްހޫރު ހުރިހާ މީހުން ކަހަލަ ގޮތަކަށް އޭނާ އަށް ޒިޔާރަތްކޮށް، އެކީގައި ފޮޓޯ ނަގައި އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ.
Thank you Malaika and Arjun for coming. Hope you got to see “Rocketman” and lunch at “Red Farm” pic.twitter.com/CDYJja5Ebe
— Rishi Kapoor (@chintskap) July 4, 2019
އަރުޖުން އާއި މަލައިކާ ނިއު ޔޯކަށް ޗުއްޓީ އަށް ދިޔައީ އަރުޖުންގެ 34 ވަނަ އުފަން ދުވަހާ ދިމާކޮށް މިދިޔަ މަހުގެ ފަހުކޮޅު އެވެ. އަދި އޭނާ ޗުއްޓީ އަށް ދިޔައީ މިހާރު ކުޅެމުން އަންނަ ފިލްމު "ޕާނިޕަޓް" ގެ ޝޫޓިން އިން ބްރޭކެއް ނެގުމަށް ފަހު އެވެ.
އަޝުތޯޝް ގޮވަރިކާ ޑައިރެކްޓް ކުރާ ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 6 ގަ އެވެ. އަރުޖުންގެ އެންމެ ފަހުގެ ފިލްމަކީ މެއިގައި ރިލީޒް ކުރި "އިންޑިއާސް މޯސްޓް ވޯންޓެޑް" އެވެ.
އަންނަ މަހު ރިލީޒް ކުރާ ފިލްމު "ޖަބަރިޔާ ޖޯޅީ" ގެ ޓްރެއިލާ ދައްކައިލުމަށް ފަހު، ފިލްމުގެ ލަވައެއް ވެސް ދައްކާލައިފި އެވެ.
It’s time 2 go desi,
— Ekta Kapoor (@ektaravikapoor) July 5, 2019
Relive d magic of Khadke Glassy... Jabariya style!https://t.co/Bbmt6ZrYjS#GlassyOutNow@SidMalhotra @ParineetiChopra @RuchikaaKapoor @ShaaileshRSingh @asliyoyo @tanishkbagchi @BoscoMartis @csgonsalves #AshokMastie @balajimotionpic @ZeeMusicCompany
ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްއުތުރާ ލީޑް ރޯލުން ފެނިގެންދާ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދައްކައިލި ފުރަތަމަ ލަވައަކީ "ކަޅްކޭ ގްލޮސީ" އެވެ. ފޯރި ގަދަ ލަވަ ކިޔާފައި ވަނީ ޔޯޔޯ ހަނީ ސިންގާއި އަޝޯކް މަސްތީގެ އިތުރުން ޖިއޯތިކާ ތަންގްރީ އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ތަނިޝްކް ބަގްޗީ އާއި އަޝޯކެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޕްރަޝާންތު ޑައިރެކްޓްކޮށްފައިވާ "ޖަބަރިޔާ ޖޯޅީ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 2 ގަ އެވެ.
ޝާހްރުކް ހާނާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ފުރަތަމަ ވެބް ސީރީޒް "ބާޑް އޮފް ބްލަޑް" އަންނަ ސެޕްޓެމްބަރު މަހުގެ 27 ގައި ސްޓްރީމް ކުރަން ނިންމައިފި އެވެ.
I spy with my little eye a first look at @emraanhashmi in #BardOfBlood. Coming soon. pic.twitter.com/ifKFaj1iFe
— Netflix India (@NetflixIndia) July 6, 2019
ހަތް އެޕިސޯޑް އެކުލެވޭ މި ސީރީޒްގެ ފަސްޓްލުކް ޓީޒާއެއް ވެސް ވަނީ ދައްކާލައިފި އެވެ. "ބާޑް އޮފް ބްލަޑް" ގެ ލީޑް ބަތަލަކީ އިމްރާން ހާޝިމީ އެވެ.
ލިޔުންތެރިޔާ ބިލާލް ސިއްދީގީ 2015 ގައި ހަމަ އެ ނަމުގައި ގެނެސް ދިން ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ސީރީޒްގެ ކާސްޓުންގެ ތެރޭގައި ވިނީތު ކުމާރު ސިންގް، ސޮބީތާ ދުލިޕާލާ، ޝިޝިރް ޝަރުމާ، ދާނިޝް ހުސައިން އަދި އަމިތު ބިމްރޯތު ހިމެނެ އެވެ.
"ބާޑް އޮފް ބްލަޑް" ގެ އިތުރުން ޝާހްރުކާއި ނެޓްފްލިކްސް އަންނަނީ ބޮބީ ޑިއޯލް ހިމަނައިގެން "ކްލާސް އޮފް 83" ގެ ނަމުގައި ވެސް ވެބް ސީރީޒެއް ހަދަމުންނެވެ.
މި އަހަރު ބާއްވާ 20 ވަނަ އިންޓަނެޝަނަލް އިންޑިއަން ފިލްމު އެކެޑެމީ އެވޯޑްސް (އައިފާ) ބާއްވާނެ ގައުމެއް އަދިވެސް މުޅިން ފައިނަލް ނުވާ ކަމަށް އެ އެވޯޑް އިންތިޒާމް ކުރާ ވިޒްކްރާފްޓުން ބުނެފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ އެވޯޑް ހަފުލާ ބާއްވާނީ ނޭޕާލްގަ އެވެ. އެކަމަކު އެކަން ދޮގު ކުރަމުން ވިޒްކްރާފްޓް އިންޓަނެޝަނަލްގެ ޑިރެކްޓަރު އެންޑްރީ ޓިމިންސް ބުނީ އައިފާ ބާއްވާނީ ނޭޕާލްގައި ނޫން ކަމަށެވެެ. އަދި ހަފުލާ ބާއްވާނެ ގައުމެއް ވަރަށް އަހަށް ފައިނަލް ކުރުމަށް ފަހު އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
ދެހާސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިފާއަކީ ކޮންމެ އަހަރަކު ވެސް ހާއްސަ ގައުމެއްގެ މަޝްހޫރު ސިޓީއެއްގައި ބާއްވާ އެވޯޑް ހަފުލާއެކެވެ. މިދިޔަ އަހަރު އެވޯޑް ހަފުލާ ބޭއްވީ ތައިލެންޑްގެ ބެންކޮކްގަ އެވެ.
އައިފާ މިހާތަނަށް ބޭއްވި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، ދުބާއީ، ދެކުނު އެފްރިކާ، މެލޭޝިއާ، ސްރީ ލަންކާ، ސިންގަޕޫރް، ސްޕެއިން، ޖަޕާން އަދި މަކާއޯ ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް