މައްސަރު ކަންތައްތަކާ ގުޅިގެން ކުރިމަތިވާ ރިހުންތައް ޓްރެޑްމިލްގައި ކުރާ ކަސްރަތުން ކުޑަކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
08 ޖުލައި 2019
މައްސަރު ކަންތައްތަކާ ގުޅިގެން ކުރިމަތިވާ ރިހުންތައް ޓްރެޑްމިލްގައި ކުރާ ކަސްރަތުން ކުޑަކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޕީރިއަޑް ޕެއިން ނުވަތަ ޑިޒްމޮނީރިއާ ކުރިމަތިވާ އަންހެނުން މައްސަރު ނިމުމުން ޓްރެޑްމިލްގައި ކަސްރަތުކުރާ ނަމަ، ހަށިގަނޑަށް ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްކޮށްދީ، އާންމު ދިރިއުޅުމުގައި ހަރަކާތްތެރިިކޮށް އުޅެން ފަސޭހަކޮށްދޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
ކޮންޓެމްޕޮރަރީ ކްލިނިކަލް ޓްރަޔަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނީ މި ދިރާސާ އަށް ހޮވާލި 18-34 އަހަރާ ދެމެދުގެ އަންހެނުން 4-6 ހަފުތާއާ ދޭތެރޭ މުއްދަތަކަށް ޓްރެޑްމިލްގައި ކަސްރަތުކުރުމުން ބަދަލުތަކެއް އައިކަން ފާހަގަ ކުރެވުނު ކަމަށެވެ. އެގޮތުން ހަތަރު ހަފުތާ އަށް، ކޮންމެ ހަފުތާއަކު މަދުވެގެން ތިން ދުވަހު ޓްރެޑްމިލް ބޭނުންކުރާ މީހުންނަށް ކުރިމަތިވި މައްސަރުގެ ވޭން ހަ ޕަސަންޓަށް ކުޑަވިކަމަށް ބުންޏެވެ. އަދި ހަ ހަފުތާ އަށް ޓްރެޑްމިލް ބޭނުން ކުރި އަންހެނުންނަށް މައްސަލަތައް ކުރިމަތިވާ ނިސްބަތް 22 ޕަސަންޓަށް ދަށްވި ކަމަށްވެ އެވެ.
ދިރާސާގައި ވަނީ ޓްރެޑްމިލް ކަސްރަތުން ހަށިގަނޑަށް ލިއްބައިދޭ އެކި ފައިދާތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ރިހުމުގެ އިންޓެންސިޓީ އާއި ނިންޖަށް ކުރާ އަސަރާއި ޖުމްލަކޮށް އާންމު ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ނިދުމުގެ ކޮލިޓީ އަށް އަސަރެއް ކުރާ ކަމަކަށް ނުދައްކާކަން ފާހަގަކުރެވިފައިވެ އެވެ.
އަންހެނަކު ޖިމެއްގައި ޓްރެޑްމިލް ބޭނުން ކުރަނީ.
ދިރާސާގައި ބުނީ ޕީރިއަޑް ޕެއިންއާ ހުރެ ހަރަކާތްތެރިކަން ކުޑަވުމުން މައްސަލަތައް އިތުރަށް ގޯސްވާނެ ކަމަށެވެ.
"ވަރަށް ގިނަ ފަހަރު ޕީރިއަޑް ޕެއިންއާ ހެދި އަންހެނުން ކަސްރަތާ ވެސް ދުރުވެ، ހަރަކާތްތެރި ލައިފްސްޓައިލާ ފެއަށް ޖެހޭ ގޮތްވޭ. އެކަމަކު އެއީ މައްސަލަ އަށް ލިބޭ އިތުރު ބާރެއް،" ދިރާސާ ހެދި ޓީމްގައި ހިމެނޭ އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވަސިޓީގެ ސީނިއާ ލެކްޗަރާ ލެއިޝާ ކްލޭޑަން-މުލާ ވިދާޅުވި އެވެ.
ނަފްސާނީ މައްސަލަތަކުން ދުރުވާން ކަސްރަތު މުހިންމު
ޕީރިއަޑް ތަދު ކުޑަކުރަން ކުރެވިދާނެ ބައެއް ކަންކަން
ކަސްރަތުކުރާ މީހުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
މާސްކް އަޅައިގެން ކަސްރަތުކުރުމަކީ މައްސަލައެއްތަ؟
މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ
ދުޅަހެޔޮ ދިރިއުޅުމަކުން އުމުރު ދިގުވޭ
މޫނުގައި ޖަހާ ފުށުން ރަހިމުގެ ކެންސަރު ޖެހޭތަ؟
ބޯ ފަންކޮށް ކުލަޖައްސާ އެއްޗެހިން އުރަމަތީ ކެންސަރު
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް