09 ޖުލައި 2019
ފެމިލީ ކޯޓުގެެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތަހުގީގުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބާއްވަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ފެމިލީ ކޯޓުގެެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތަހުގީގުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބާއްވަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ގާޒީ ހަސަންގެ މައްޗަށް ހުށަހަޅާގައިވާ ސުލޫކީ ދެ މައްސަލައިގެ، ހުޅުވާލެވިފައިވާ ތަހުގީގުގެ އަޑުއެހުން އޮންނާނީ އާދިއްތަ ދުވަހުގެ މެންދުރު 1:45 ގައި ޕޯސްޓް ބިލްޑިންގްގެ ހަ ވަނަ ފްލޯގައި ކަމަށެވެ. އެ ފްލޯގައި ވެސް ވެސް ޖޭއެސްސީގެ ބައެއް ހިންގަ އެވެ.
ގާޒީ ހަސަންއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް މައްސަލަ ހުށަހަޅާފައިވާތީ، މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ބާއްވަން ހާޒީ ހަސަން އެދިވަޑައިގެންފައިވާ ކަމަށް ޖޭއެސްސީން ކުރިން ވަނީ ބުނެފަ އެވެ.
އިސް ގާޒީ ހަސަންގެ މައްސަލަ ޖޭއެސްސީން ހުޅުވާލައިގެން ބާއްވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތަހުގީގު ވެސް މިދިޔަ މަހު ވަނީ އެ އުސޫލުން ކުރިއަށް ގެންގޮސްފަ އެވެ. ފަނޑިޔާރު ޑީޑީގެ ތަހުގީގުގެ ހުޅުވާލެވިފައިވާ އަޑުއެހުން ބޭއްވީ ދަރުބާރުގޭގަ އެވެ.
ފެމިލީކޯޓަށް ގާޒީން ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި
ފެމިލީ ކޯޓުގެ ގާޒީކަމަށް ގިނަ ބަޔަކު ކުރިމަތިލައިފި
ގާޒީ ހަސަން ސަސްޕެންޑްކުރުން ގޯސް:އިސްތިއުނާފް މަޖިލިސް
ގާޒީ އަދީބު ރިޓަޔާ ކުރައްވައިފި
ގާޒީ ހަސަން ސައީދުގެ ތަހުގީގު ވެސް ހުޅުވާލަނީ
ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފި
ގާޒީ ހަސަންގެ ސަސްޕެންޝަން އުވާލައިފި
ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފި
ފަނޑިޔާރުން ބޭރަށްކުރާ ދަތުރުތަކަށް ހުއްދަ ހޯދަންޖެހޭނެ