Roadha Mihaaru
ޗައިނާގައި ހުރި ސެމްސަންގް ފެކްޓަރީތައް ބަންދުކުރަނީ

ޗައިނާގައި ހުރި ސެމްސަންގް ފެކްޓަރީތައް ބަންދުކުރަނީ

11 ޖުލައި 2019

ޗައިނާގައި ހުރި ސެމްސަންގް ފެކްޓަރީތައް ބަންދުކުރުމަކުން، ސެމްސަންގް ފޯނުތައް ބޭނުންކުރާ މީހުންނަށް ވާނެ އެއްވެސް ގެއްލުމެއް ނެތެވެ. ފަހަރެއްގައި ވުން ގާތީ ފައިދާ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޗައިނާގައި ހުރި ސެމްސަންގް ފެކްޓަރީތައް ބަންދުކުރުމަކުން، ސެމްސަންގް ފޯނުތައް ބޭނުންކުރާ މީހުންނަށް ވާނެ އެއްވެސް ގެއްލުމެއް ނެތެވެ. ފަހަރެއްގައި ވުން ގާތީ ފައިދާ އެވެ.

ސެމްސަންގް ފެކްޓަރީތައް ބަންދުކުރަނީ ޚަރަދު ކުޑަކުރުމަށެވެ. ޗައިނާގައި ސްމާޓްފޯން އުފައްދާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ޗައިނާގެ އަމިއްލަ ފެކްޓަރީތަކުގެ ބާރުގަދަވުން ވެފައި ވަނީ، ސެމްސަންގް އަދި އެލްޖީ ފަދަ، ގައުމުން ބޭރު ކުންފުނިތަކަށް ބުރަ ކަމަކަށެވެ.

ޗައިނާގައި ސެމްސަންގް އަމިއްލަ ފެކްޓްރީތައް ދެން ނުބަހައްޓާނެ ކަމެއް މުޅިން އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް، ސެމްސަންގް ފޯނުތައް ޗައިނާގައި އުފައްދާނެ އެވެ. އެއީ ޗައިނާ މީހުންގެ އަމިއްލަ ފެކްޓަރީތަކުގަ އެވެ.

ސެމްސަންގް ފެކްޓަރީތައް އެންމެ ކާމިޔާބުކަމާ އެކު ހިންގަނީ ވިއެޓްނާމްގަ އެވެ. އިންޑިޔާ، އަދި އެފްރިކާ ބައްރުގައި ވެސް ސެމްސްންގް ފެކްޓަރީތައް ހިންގަ އެވެ. ސެމްސަަންގުން މިހާރު ވިސްނަނީ، ބޭރު ގައުމުތަކުގައި އަމިއްލަ ފެކްޓަރީތައް ބިނާކުރުމަށް ވުރެ، އެ ގައުމެއްގެ އަމިއްލަ މީހުން ލައްވައި ސެމްސްންގް ބޭނުންވާ ޑިވައިސްތައް އުފެއްދުމަށެވެ. މިއީ ޚަރަދުކުޑަ އެހެނަސް، އެ ގައުމަކަށް އެންމެ ރަނގަޅު ގޮތެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ސައުތު ކޮރެއާގެ އެލްޖީން ވެސް ވަނީ ޗައިނާއިން ބޭރުވެފަ އެވެ. ސްމާޓްފޯން ވިޔަފާރި އަކީ އެލްޖީ އަށް ފައިދާނުވާ މަސައްކަތެއް ނަމަވެސް، އެ މަސައްކަތް ހުއްޓާލަން ބޭނުންނުވާ ކަމަށް އެލްޖީ ބުނެ އެވެ.